ޓެކްނޯލޮޖީ

ޑެއިލީ މެއިލްއިން ޔާހޫ ގަންނަން ވިސްނަނީ

ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދައިފައިވާ ނެޓްވާކެއެކަމުގައިވާ ޔަހޫ ގަތުމަށް ޑެެއިލީމެއިލް އިން ބިޑް ހުށަހަޅަން ނިންމައިފިއެވެ. އިގިރޭސްވިލާތުގެ މަޝްހޫރު ނޫސް އޭޖެންސީއެއް ކަމުގައިވާ ޑެއިލީ މެއިލްއިން މި ނިންމުން ނިންމައިފައިވާކަން ވަނީ ރަސްމީ ކޮށް އިއުލާން ކޮށްފައެވެ.

މިބިޑުގެ ދަށުން ޔަހޫގެ ހުރިހާ ވެބް ޕްރަޕަޓީއެއް ގަތުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޔަހޫގެ ރަސްމީ ވެބްސައިޓާއި ޔަހޫ މެއިލްވެސް މި ބިޑްގެ ދަށުން ލިބޭނެ ކަމަށްވެއެވެ. ޔަހޫއިން އެމީހުންނަށް ހުށަހަޅާފައިވާ ބިޑްތަށް ބަލައިގަތުމަށް ފަށަން ހަމަޖެހިފައިވަނީ އޭޕްރިލް 18 ވަނަ ދުވަހު ކަމަށް ޔަހޫއިން ބުނެއެވެ.

ޑެއިލީމެއިލް އިން ޔަހޫ ގަތުމަށް ފަހު ޔަހޫގެ ވެބް ޕްރަޕަޓީތަށް މެނޭޖް ކުރާނެ ކަމަށް ބެލެވެނީ ދެ ގޮތަކަށެވެ. އެގޮތުން ފުރަތަމަ ގޮތެއްކަމަށް ރިޕޯޓުތައް ބުނަނީ ޔަހޫގެ ނިއުސް އަދި ވެބް އޮޕަރޭޝަން ފިޔަވާ އެހެން ހުރިހާ ވެބް ޕްރަޕަޓީތަށް އެހެން ކުންފުންޔަކާ ހަވާލު ކޮށްގެން ކުރިޔަށް ގެންދިޔުމަށެވެ. އެގޮތުން ޑެއިލީމެއިލް އިން މިގޮތަށް ނިއްމައިފިނަމަ ޑެއިލީމެއިލްއިން ބަލަހަށްޓަމުން ދާނީ ޔަހޫގެ ނިއުސް އަދި ވެބް އޮޕަރޭޝަންގެ ކަންތަށްތަށް އެކަންޏެވެ. ދެވަނަ ގޮތެއްކަމަށް ރިޕޯޓުތަށް ބުނަނީ ޑެއިލީމެއިލް އިން އިތުރު ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ދަށުން ޔަހޫ ގެ ކޮންޓެއްޓުތަށް ކުރިޔަށް ގެންދިޔުމަށެވެ. މިހެން ރިޕޯޓުތަށް ބުނެފައިވީ ނަމަވެސް މިކަން ޑެއިލީމެއިލް އިން ޔަގީންކޮށްދީފައި ނުވެއެވެ.

ޔަހޫ ވިއްކާލަން ނިންމުމާއި ގުޅިގެން ޔަހޫ ގަތުމަށް ދުނިޔޭގެ ބޮޑެތި ކުންފުނި ތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮއްފައެވެ. އެގޮތުން ޔަހޫއާ އެންމެ ވާދަވެރި ކުންފުނިކަމުގައިވާ ގޫގަލްއިން މިހާރު ބަލަހަށްޓަމުންދާ އަލްފަބެޓްސް ހިމެނެއެވެ.

ޔަހޫ ކުންފުނި ވިއްކާލަން ޔަހޫގެ ހިއްސާދާރުން ނިންމައިފައި މިވަނީ ޔަހޫގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ދިޔުމާއި ގުޅިގެންއެވެ. މި ކުންފުންޏަކީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ނެޓްވާކުތަކުގެ ތެރެއިން އެއް ނެޓްވާކަށް ވެފައިވާއިރު އަދިވެސް ޔަހޫ ގެ ކޮންޓެންޓުތަށް ބޭނުން ކުރާ ފަރާތްތަށް މަދެއްނޫނެވެ.