ޓެކްނޯލޮޖީ

ގިނަ ބަޔަކު އަޖައިބުކޮށްލި ރަމްޒީ އެއާޕޯޓެއް!

މިއުޅެނީ މިއަދަކު އިއްޔަކު ހުޅުވި ތަނެއްގެ ވާހަކަ އެއް ދައްކާކަށް ނޫނެވެ. ނަމަވެސް އަހަރަމެން ޝައުގުވެރި ކުރުވާނެ ތަނެއްގެ ވާހަކައެވެ. ޖަރުމަނުގެ ހެމްބާގްގައި ހަދާފައިވާ ރަމްޒީ މި އާޕޯޓަކީ ޖަރުމަނަށް ޒިޔާރަތްކުރާ ގިނަ ފަރާތްތަކެށް އޭގެ ޖާދޫގައި ޖައްސަމުން ތަނެކެވެ.

ދެހާސް އެގާރަ ވަނަ އަހަރު ކުނުފިންގެން އެއާޕޯޓުގެ ނަމުން ނަންދީ ހުޅުވާފައިވާ މި ރަމްޒީ އެއާޕޯޓަކީ ބަލާލަން ވަރަށް ހިތްގައިމު ތަނެކެވެ. ބާލާބެލުމުން އަސްލެންހެން ހީވިޔަސް އެއީ ރަމްޒީ ތަނެކެވެ. މި އެއާޕޯޓް ހެދުމަށް ހަ އަހަރު ނެގި އެވެ. މިއީ މިޒަމާނުގައި އަސްލު އެއާޕޯޓެއް ތަރައްގީ ކުރަން ވެސް ވޭތުވާހާ ދިގު މުއްދަތެެކެވެ. މި ރަމްޒީ އެއާޕޯޓް ހެދުމުގެ މަސައްކަތް ކޮށްފައިވަނީ މައިނިއަޗާ ވަންޑާލޭންޑްގެ އާޓިސްޓުންތަކެކެވެ. މައިނިއަޗާ ވަންޑާލޭންޑްއަކީ މޮޑެލް ހެދުމުގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ.

މި ރަމްޒީ އެއާޕޯޓުގައި 14 މީޓަރުގެ ރަންވޭއެއް ހަދާފައި އެވެ. އަދި 2,465 ލެޑްލައިޓް މި އެއާޕޯޓުގައި ބޭނުންކޮށްފައިވާތީ އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ. މި މޮޑެލް ބަލާލުމަށް ދުވާލެއްގެ މަށްޗަށް ހާހަކާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ވަންނަ ކަމަށް ވެއެވެ. މި މޮޑެލްގައި އެއާޕޯޓެއް ތަރައްގީކޮށްފައި އޮންނަ ސަރަހަށްދަކުން ފެންނާނެ ހުރިހާ އެއްޗަކާއި ވެސް ފެނެ އެވެ. އެހެން މޮޑެލް ތަކާ ހިލާފަށް މި މޮޑެލްގައި ވަރަށް ތަފްސީލުކޮށް ކުދި ކުދި ކަންކަން ވެސް ބަޔާން ކޮށްދީފައިވެއެވެ.

އޭގެ އިތުރުން އަސްލު އެއާޕޯޓެއްހެން ފަލައިޓުތަށް ނައްޓާލާ މަންޒަރާއި ޖައްސާލާ މަންޒަރުވެސް މި މޮޑެލް އިން ފެނިގެން ދެއެވެ. އެހެން ގޮތަކުން ބުނާނަމަ މިއީ ދިރުން ހުރި މޮޑެލް އެކެވެ. އެހެން ގޮތަކަށް ބުނާނަމަ މި އެއާޕޯޓަކީ ވަރަށް ސީރިޔަސް ބޭނުމެއް އޮވެގެން ހަދާފައިވާ ތަނެކެވެ.

ޔަގީނުން ވެސް އަސްލު އެއާޕޯޓަކަށް ވުރެ މި އެއާޕޯޓު އޮޕަރޭޓް ކުރަމުންދާ ގޮތް މާ ބޮޑަށް ވެސް ފުރިހަމަ އެވެ. ގަޑިއަށް ފުރަން ޖެހޭ ފްލައިޓުތަށް ފުރައެވެ. ޖައްސަންޖެހޭ ފްލައިޓުތައް ޖައްސާއިރު ފިއުލް އަޅަންޖެހޭ ފްލައިޓުތަކަށް ގަޑިއަށް ފިއުލް އަޅާ މަންޒަރުވެސް ވަރަށް ފުރިހަމައަށް ދައްކުވައިދެ އެވެ. އޭގެ އިތުރުން އެއާޕޯޓް ފްލައިޓް ޝެޑުއްލެއް ހިމެނޭ ފްލައިޓް އިންފްލޭޝަން ޑިސްޕްލޭ ސިސްޓަސްމް ވެސް ހަރުކޮށްފައި ވެއެވެ. ދުވާލެއްގެ މައްޗަށް 180 ފަލައިޓް މި މޮޑެލްގެ ތެރޭގައި ޝެޑިއުލްކޮށް އޮޕަރޭޓް ކުރެއެވެ.

މި އެއާޕޯޓުގެ ބޭރުގައި ޕާކިންގް ޒޯނެއްވެސް ހަދާފައިވެއެވެ. ޕާކިންގް ޒޯންގެ ތެރޭގައި ތަފާތު އެތައް ވައްތަރެއްގެ ގިނަ ވެހިކަލްތައް ޕާކްކުރެވިފައި ހުންނަތަން ވެސް ވަރަށް ފުރިހަމަ އަށް ފެނެ އެވެ. އެހެން ކަމުން މި މޮޑެލް އަކީ ފުރިހަމަ ކަމުންވެސް ފުރިހަމަ ވެފައިވާ މޮޑެލްއެކޭ ބުނުމުން ގޯހަކަށް ނުވާނެއެވެ.

މި މޮޑެލްގައި ޖުމްލަ 1615 ސްކްޔާ މީޓަރު ބޭނުންކުރިވިފައިވާއިރު 75 އިމާރާތާއި 6000 ގަހުގެ އިތުރުން މީހުންގެ ސިފައިގައި 15000 ބުދު ބޭނުންކުރެވިފައިވެއެވެ. އަދި ޖުމުލަ 1500 ވެހިކަލާއި 100 އެއްހާ އެއާކްރާފްޓު ހިމެނެ އެވެ. މިއީ 4.6 މިލިޔަން ޑޮލަރު ހޭދަކޮށްފައިވާ މޮޑެލްއެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ. މި މޮޑެލްގެ ސެެކުރިޓީ ބެލެހެއްޓުމުގެ މަސައަކަތް ކުރަމުން ގެންދަނީ ޖަރުމަނުގެ ފުލުހުންނެވެ.

މި މޮޑެލް އަކީ ޖަރުމަނަށް ޒިޔާާރަތް ކޮށްލެވޭ ފަހަރަކު ކޮންމެހެން ވެސް ބަލައިލަން މުހިންމު އަދި އެހާމެ ގަޔާވާނެ ތަނެކެވެ. އަދި މިއީ ގިނަ ބަޔެއްގެ ކުޅަދާނަ ކަމާއި ފަންނުގެ މިސާލެކެވެ.