ސިނަ މާލެ ބްރިޖް

ބްރިޖުގެ ފުރަތަމަ ޕްލެޓްފޯމް ބަހައްޓައިފި

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ފުރަތަމަ ޕްލެޓްފޯމް ބަހައްޓައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މާލެ އާއި ހުޅުލެ ދެމެދު އަޅައި ބްރިޖުގެ ފައުންޑޭޝަނަށް ބޭނުންވާ ފުރަތަމަ ޕްލެޓްފޯމް މިއަދު ބަހައްޓާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ހައުސިން މިނިސްޓްރީގެ ފަރާތުން ބްރިޖުގެ މަސައްކަތުގައި އިސްކޮށް ހުންނަވައި އަބްދުﷲ މުއްތަލިބު ވިދާޅުވީ މާލެއާ ހުޅުލެ ދެމެދު މުޅިއަކު ފަސް ޕްލެޓްފޯމް ބަހައްޓާނެ ކަމަށެވެ. އަދި އެއަށްފަހު ހުރިހާ ޕްލެޓްފޯމްތަކެއް ގުޅިވާލައިނެ ކަމަށެވެ.

"ބްރިޖު ހުރިހާ ޕްލެޓްފޯމް އެއް އަޅައި ނިމުމަށް ފަހު ދެން ހުރިހާ ޕްލެޓްފޯމެއް ގުޅުވާލެވޭނެ. އޭރުން މާލެއާ ހުޅުލެ އޮންނާނީ ގުޅިފައި. އޭގެ މަތީގައި ކޮންކްރީޓް ތަނބުތައް ޖެހުމުގެ މަސައްކަތް ކުރާނެ،" މުއްތަލިބު ވިދާޅުވި އެވެ.

ރާއްޖެއާއި ޗައިނާގެ އެކުވެރިކަން ދައްކުވާދޭ ބްރިޖްގެ ދިގުމިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދުތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ.