އަބްދުﷲ މަސީހު މުހައްމަދު

ޖިނާއީ އަދި މަދަނީ އަދުލުގެ ނިޒާމުގައި މިއަދު އެޅީ މާސިންގާ ފިޔަވަޅެއް: މަސީހު

Apr 18, 2016

ޖިނާއީ އިޖްރާއަތުގެ ބިލާއި އާއިލާއާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން މިއަދަކީ ޖިނާއީ އަދުލާއި އިޖްތިމާއީ އަދާލާތުގައި މާސިންގާ ފިޔަވަޅެއް އެޅި ދުވަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ "މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމުގައި ދންނަވަންޖެހޭ" ކަމަށެވެ.

އަދި ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ބިލާއި އާއިލާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްވެގެން ދިޔުމަކީ ޖިނާއީ އަދުލުގެ ނިޒާމް އިސްލާހު ކޮށް ތަރައްގީ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއެޅީ މާސިންގާ ފިޔަވަޅެއް ކަމަށެވެ.

"އާއިލާއާބެހޭ ގާނޫނަށް މިގެނެވުނު ބަދަލަކީ އިޖްތިމާއީ އަދާލާތު ހަރުދަނާ ކުރުމަށް ނންމުނު ވަރށް މުހިންމު ނިންމުމެއް، މި މަޖިލީހަކީ ޑިމޮކްރަސީގައި ކާމިޔާބު މަޖިލީހެއް. ޑިމްކްރަސީގައި ޖޯޝް ހުރި މަޖިލީހެއް. އިތްޒަތްތެރި މެންބަރުންނަށް އަޅުގަނޑު ހޫނު މަރުހަބާއެއް ކިޔަން،" މަސީހު ވިދާޅުވި އެވެ.