ރައްޔިތުންގެ މަޖިލިސް

މަޖލިސް އަށް އަންހެން ސެކިއުރެޓީން ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރެޓީ ބަލަހައްޓަން އަންހެނުން ހޯދުމަށް މިއަދު އިއުލާންކޮށްފި އެވެ.

ރައްޔިތުންގެ މަޖީލީހުގެ ސެކިއުރެޓި ބަލަހައްޓަނީ އެމްއެންޑީއެފް އިންނެވެ. މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އަންހެން ސެކިއުރެޓީންގެ ވަޒީފާގެ މަސްއޫލިއްޔަތަކަށް ވާނީ މަޖިލިސް ކުރާ ގޭގެ އިދާރާގެ އެތެރޭގެ ސެކިއުރެޓީގެ ކަންކަން ސާޖަންޓް އެޓް އާމްސްގެ އިރުޝާދުގެ ދަށުން ބެލެހެއްޓުން ކަމަށެވެ.

އިއުލާނުގައި ބުނީ މަޖިލީހުގެ އަންހެން ސެކިއުރިޓީއިންގެ ގޮތުގައި ބޭނުންވަނީ ހަތަރު މީހުން ކަމަށާއި، ބޭސިކް މުސާރައިގެ ގޮތުގައި 6500 ރުފިޔާ، ލިވިން އެލެވެންސް ގޮތުގައި 3500 ރުފިޔާ އަދި ވަޒީފާއަށް ނުކުންނަށް ކޮންމެ ދުވަހަކަށް 100 ރުފިޔާ ލިބޭނެ ކަމަށެވެ.

އަންހެން ސެކިއުރެޓީއިން ހޯދަން އިއުލާންކޮށްފައި ވާއިރު، މަޖިލީސް ކުރާގޭގެ ސެކިއުރެޓީ ވަރުގަދަ ކުރުމުގެ ގޮތުން ވަށާފާރު އުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސް ކަމަށް ރައީސް އަބްދުﷲ މަސީހު ހުންނެވިއިރު ވަނީ މަޖިލީހުގެ ރިޔާސަތުގައި ހުންނަ މޭޒު ވެސް ސަލާމާތި ސަބަބަކާ ހެދި ކަމަށް ބުނެ އުސްކޮށްފަ އެވެ.