ރައްޔިތުންގެ މަޖިލިސް

"އުތުރު އެމެރިކާ އާއި ޔޫރަޕްގައި ވެސް މަޖިލިސް ހިނގާނީ މިވަރަށް"

Apr 20, 2016

އުތުރު އެމެރިކާ އާއި ޔޫރަޕްގައިވެސް މަޖިލީހަށް ހިނގަމުންދާނީ ރާއްޖޭގައި މަޖިލިސް ހިނގާ ފެންވަރުގައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަސީހު ވިދާޅުވީ އުތުރު އެމެރިކާ އާއި ޔޫރަޕްގައި ވެސް މަޖިލީހެއް އޮވެގެން ހިނގާނީ ރާއްޖޭގައި މި ހިނގާ ފެންވަރުގައި ކަމަށާއި މަޖިލީހުގެ ހުރިހާ މެންބަރުންނަށް އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މަސީހު ވިދާޅުވީ މެންބަރުން ވަރަށް ވާދަވެރި ކަމާއެކު ބަހުސް ކުރައްވާ އަދި ގުޅޭ ކަންކަމުގައި ރިޔާސާތާ ވެސް ބަހުސް ކުރައްވާ ކަމަށާއި އެކަންކަން އޮންނަންވާނީ ވެސް އެގޮތަށް ކަމަށާއި ވޯޓް ދޭންޖެހޭ ތަންތަނުގައި ފިތަށް އޮއްބަމުން ގެންދަވަނީ ވެސް އެގޮތުގައި ކަމަށެވެ.

"މި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިތްޒަތްރެރި މެންބަރުންނަކީ ވެސް އައްސަރިބަހާ ސާބާސް ހައްގުވާ މެންބަރުން،" މަސީހު ވިދާޅުވި އެވެ.