ހަބަރު

މުސާރައާއި އެއްވަރު އެލަވެންސާއެކު ޓީޗަރުން ތަމްރީންކުރާ އުސޫލު އާންމު ކޮށްފި

Feb 2, 2015

ޓީޗަރުންގެ މުސާރައާއި އެއްވަރުގެ އެލަވަންސެއް ދީގެން އިތުރަށް ތަމްރީކުރުމުގެ އުސޫލު އެޑިއުކޭޝަން މިނިސްޓްރީން މިއަދު  އާންމުކޮށްފި އެވެ.

މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައި މިއަހަރަށް ތަމްރީންކުރުމަށް ކަނޑައަޅާ ދާއިރާތަކާއި ތަމްރީންވުމަށްފަހު މަސައްކަތްކުރަންޖެހޭ އޮފީސްތަކާއި މީހުން ތަމްރީން ކުރުމަށް ކަނޑައަޅާ ފެންވަރު ހިމަނާފައިވެ އެވެ. އަދި މަތީ ތައުލީމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓްދެވޭނެ އުސޫލު ވެސް ހިމަނާފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މުސާރައާއި އެއްވަރުގެ އެލަވަންސަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މާޗުމަހުގެ ދެވަނަ ދުވަހާއި  ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މިތަމްރީން ޕްރޮގްރާމްގެ ދަށުން މިއަހަރު 101 ޓީޗަރުންނަށް މުސާރައިގެ އެލަވަންސާއެކު ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.