ޕްރޮމޯޝަން

އީވޯ ހޯމްއަށް ތިން އަހަރު: އަގު ހެޔޮކޮށްލީ ކަމަކަށްނޫން!

Apr 21, 2016
1

ފެންވަރު ރަނގަޅު، އަގު ހެޔޮ ފަރުނީޗަރު ލިބޭނީ ކޮން ތަނަކުން ހެއްޔެވެ؟ މޮޅު ފްލޯރިން ހޯދަން މި މާލޭގައި ދާނީ ކޮން ތަނަކަށް ބާއެވެ؟ ބަދިގެ އަށް ބޭނުންވާ މޮޅު، ތަށި، ސަމުސާ ހޯދަން ހޯދާނެ ގޮތެއް ނޭނގެ އެވެ. މި ސުވާލު ތަކަކަށް މީގެ ތިން އަހަރު ކުރިން ޖަވާބު ހޯދައިދިނީ "އީވޯ ހޯމް" އިންނެވެ. މިހާރު މި ވަނީ އީވޯހޯމްއަށް ވެސް ތިން އަހަރު ފުރިފަ އެވެ.

ތިން އަހަރު ފުރުމުގެ މުނާސަބަތުގައި އާދީއްތަ ދުވަހުގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް މިވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަންގައި އަގު ހެޔޮކޮށްލާފައިވަނީ، ކަމަކަށް ބަލާފައެއް ނޫނެވެ. މި ޕްރޮމޯޝަންގައި 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ. ދެން އޮތް ސުވާލަކީ މި ޕްރޮމޯޝަންގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ކޮންތަނަކު ބާއެވެ؟

ޕްރޮމޯޝަންގެ ފޯރިގަދައީ މަޖީދީމަގުގައި ހިންގާ އީވޯހޯމްގެ ފިހާރާގަ އެވެ. އެހެންވީއިރު މިރޭ އެ ފިހާރައަށް ނުދާވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެ ފިހާރަ އަށް ދިއުމުން ޕޭސްޓްރީ ފަދަ މީރު ކެއުންތް ލިބޭނެ އެވެ. ކުޅަދާނަ ޒުވާނުން ދިވެހި ކުއްޖެއްގެ ކެއްކުމުގެ ހުނަރު ވެސް ފެންނާނެ އެވެ.

އީވޯ ހޯމްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ރިޒްމާ ރަޝީދު ވިދާޅުވީ ވަންނަ ކޮންމެ މީހަކަށް ހިލޭ ލިބޭނެ ކަމަށެވެ

"ވަރަށް ބޮޑަށް މި އަގު ހެޔޮކޮށްލީ. ވަރަށް އަގުހުރި އިނާމުތައްވެސް ލިބޭނެ،" ރިޒޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީވޯ އަށް ތިން އަހަރު ފުރޭއިރު ވިޔަފާރި ވަރަށް ކާމިޔާބު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް ސަކްސަސްފުލް. މިހާރު ހަތަރު ވަނަ ފިހާރަ ހުޅުވަން މި ދަނީ ތައްޔާރުވަމުން،" ރިޒޫ ވިދާޅުވި އެވެ.

އީވޯ ހޯމް އިން ފްލޯރިން ވިއްކާ ފިހާރައަކާއި ފަރުނީޗަރާއި ފާހާނާ އަދި ރިސޯޓުތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު ވިއްކަ އެވެ.