ޕްރޮމޯޝަން

އެސްޓީއޯ ސުޕަ ހަންޓް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

Apr 21, 2016

"ސުޕަ" ބްރޭންޑްގެ ކަޕް ނޫޑްލްސް އަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސުޕަ ހަންޓް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ސުޕަ ހަންޓް ޕްރޮމޯޝަނަކީ މިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ސެމްސަންސް އެންމެ ފަހުގެ ފޯނެކެވެ. އަދި ދެވަނަ އިނާމަކަށް ފަސްތަރީގެ ރިސޯޓެއްގައި އެއް ދުވަހުގެ ހުރުން ދިންއިރު، ތިންވަނަ އިނާމަކަށް ދެނީ 21 އިންޗީގެ ޓީވީ އެކެވެ. އެއްވަނަ އިނާމު ލިބުނީ މުހައްމަދު އާދަމް އަށެވެ. އަދި ދެވަނަ އިނާމު އަލީ މުހައްމަދަށް ލިބުނުއިރު ، ތިންވަނަ އިނާމު ލިބުނީ ރޯޝަން އަށެވެ.

މި އަހަރުގެ މި ޕްރޮމޯޝަންގެ ހަރަކާތްތައް އައްޑޫ ސިޓީގައިވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.