މަސްތުވާތަކެތި

އެއް ކިލޯ ހެރޮއިންއާއެކު ލަންކާއިން ދެ ދިވެހިން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ބާއްވަތެއް ކަމަށްވާ ހެރޮއިންގެ އެއް ކިލޯއާއެކު އަވަށްޓެރި ސްރިލަންކާ އިން ދެ ދިވެހިން ހައްޔަރުކޮށްފި އެވެ. ލަންކާގެ ފުލުހުން ބުނެފައިވާ ގޮތުގައި ދެ ދިވެހިން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ލަންކާގެ ޕޮލިސް ނާކޮޓިސް ބިއުރޯއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ރޭގެ ވަގުތެއްގައި އެއް ކިލޯގެ ހެރޮއިންއާއެކު ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 30 އަހަރުގެ ދެ މީހުންނެވެ. އެ ދެ މީހުންގެ ޖިންސު ހާމަކޮށްފައެއް ނުވެ އެވެ.

ނޫސްތަކުގައިވާ ގޮތުން ރޭ ދިވެހިން ހައްޔަރުކޮށްފައިވަނީ ބަމްބަލަޕިޓިޔާ ޓައުނުގައި ހުންނަ ހޮޓަލަކުންނެވެ.

އެ ދެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ލަންކާގެ ނެގޮމްބޯ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރުކުރާނެ ކަމަށް ނޫސްތަކުގައިވެ އެވެ.