ހަބަރު

ޗައިނާ ނޭވީގެ ޑެޕިއުޓީ ކޮމާންޑަރު ރާއްޖެ ވަޑައިގެންފި

ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ ޑެޕިއުޓީ ކޮމާންޑަރު ވައިސް އެޑްމިރަލް ޓިއާން ޒޮންގ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ ޑެޕިއުޓީ ކޮމާންޑަރު ވައިސް އެޑްމިރަލް ޓިއާން ޒޮން ރާއްޖެ ވަޑައިގަތުމުން އެ ބޭފުޅާއަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ އޭވިއާޝަން ސެކިއުރިޓީގެ ކޮމާންޑަރު ބްރިގޭޑިއަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.

އެ ބޭފުޅާގެ މި ޒިޔާރަތަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ބޭނުމުގައި ކުރެއްވި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި އެ ބޭފުޅާ އާއެކު ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ވައިސް އެޑްމިރަލް ޓިއާން ޒޮން ގެ މި ދަތުރުފުޅުގައި މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެމްއެންޑީއެފްގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.