ދުނިޔެ

ވޯޓު މަދުވަނީ ފަގީރުން ވޯޓު ނުލާތީ: ސެންޑާސް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ބައިވެރިވާން ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި މިހާރު ވާދަކުރަމުންދާ ބާނީ ސެންޑާސް އަށް ޕްރައިމަރީތައް ކާމިޔާބު ނުކުރެވެނީ ފަގީރުން އިންތިހާބުތަކުގައި ވޯޓުލާން ނުދާތީ ކަމަށް ސެންޑާސް ވިދާޅުވެއްޖެ އެވެ.

އެންބީސީ ޓީވީން ގެނެސްދޭ "މީޓް ދި ޕްރެސް" ޕްރޮގްރާމްގައި އެހި ސުވާލަކަށް ޖަވާބު ދެމުން ސެންޑާސް ވިދާޅުވީ ޕްރައިމަރީތަކުގައި އެއްވެސް ވަރަކަށް ފަގީރުން ވޯޓުނުލާ ކަމަށާއި ގަބޫލުކުރަން ބޭނުން ނުވިއަސް ހަގީގަތަކީ އެއީ ކަމަށެވެ. އަދި އެއީ އެމެރިކާގެ ހިތި ހަގީގަތެއް ކަމަށްވެސް ސެންޑާސް ވިދާޅުވި އެވެ. ސެންޑާސްވަނީ އެންމެ ފަހުން ބޭއްވި 17 އިންތިހާބުން 16 އިންތިހާބު ކޮށްފަ އެވެ. އަދި އެދެމެދުގައިވާ ފަރަގު ކުޑަކޮށްފަ އެވެ.

" ޕްރައިމަރީތަކުގައި ފަގީރުންގެ 80 ޕަސަންޓު މީހުން ވޯޓެއް ނުލާ" ސެންޑާސް ވިދާޅުވި އެވެ.

ސެންޑަސް ބަލިކޮށް ޑިމޮކްރެޓިކް ޕާޓީގައި ހިލަރީ ކުރި ހޯއްދަވަވުންދާއިރު ޓެޑް ކްރޫޒް ބަލިކޮށް ޑޮނާލްޑް ޓްރަމްޕްވެސް ދަނީ ބޮޑު އަގުލަބިއްޔަތެއް ހޯދަމުންނެވެ.