މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސްގެ މުވައްޒަފުންނަށް ފިހާރައެއް ހުޅުވައިފި

ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުދި ވިޔަފާރި ކުރެވޭ ފިހާރައެއް ކަސްޓަމްގެ މައި އިދާރާގައި މިއަދު ހުޅުވައިފި އެވެ.

ކަސްޓަމްސްގެ ކޯޕަރޭޓިވް ސޮސައިޓީން އެ އިމާރާތުގެ ލޮބީގައި "ވަން ފެމިލީ" ނަމުގައި ހުޅުވި އެ ފިހާރަ ހުޅުވައި ދެއްވީ ކުރީގެ ކޮމިޝަނާ އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު އެވެ. ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޖުނައިދު ވަނީ ފިހާރައިން ވިޔަފާރި ކުރައްވާފަ އެވެ.

ލުއި ކާނާ އާއި ތަފާތު ބުއިން ތަކުގެ އިތުރަށް އާންމުކޮށް ބޭނުންކުރާ ރީތިވާ ސާމާނާއި ކައްކަން ބޭނުންކުރާ ބައެއް ތަކެތިވެސް ވިއްކަން ހުންނަ އެ ފިހާރައާ ބެހޭގޮތުން ޖުނައިދު ވިދާޅުވީ، މުވައްޒަފުންނަށް ފަސޭހަކުރުމުގެ ގޮތުން އެފަދަ ފިހާރަތައް ހުޅުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެފަދަ ފިހާރައެއް އެ އިމާރާތުގައި ހުރުމުން މުވައްޒަފުންނަށް އެއްޗެއް ގަންނަން ކޮންމެހެން ދާންޖެހޭ ގަޑި ތަކުގައި ވަގުތު ސަލާމަތްވުމުގެ އިތުރުން މުވައްޒަފުން މަސައްކަތަށް ޝައުގުވެރިވެ، އެކުވެރި މާހައުލެއް ގާއިމްކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކަސްޓަމްސްގެ އިމާރާތުގައި މުވައްޒަފުންނަށް ހާއްސަ ފިހާރައެއް ހުޅުވާފައިވާއިރު މިފަދަ ފިހާރަތައް ވެލާނާ ބިލްޑިން، ޕޮލިސް ބިލްޑިން، ކަޅުތުއްކަލާ ކޮށި ފަދަ ތަންތާގައިވެސް ވަނީ ގާއިމްކޮށްފަ އެވެ.