މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އައްސޭރި ޖަލުގައި ބަކަރި ފާމެއްގެ ބިންގާ އަޅައިފި

Apr 26, 2016
1

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހިއްމަފުށީ އައްސޭރި ޖަލުގައި ބަކަރި ފާމްގެ ބިންގާ އަޅައިފި އެވެ.

މި ފާމްގެ ބިންގާ އަޅުއްވައިދެއްވީ އައްސޭރި ޖަލުގެ ޑައިރެކްޓަރު އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ހުސައިން އެވެ.

އައްސޭރި ޖަލުގައި ބަކަރި ގެންގުޅޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ނަމަވެސް ކަރެކްޝަނުން ބުނީ މިހާރު ބަކަރި ގެންގުޅެމުންދާ ކޮށީގައި ޖާގައިގެ ދަތިކަން ބޮޑު ކަމުން އެކަށީވާ ގޮތުގައި ބަކަރީގެ މަސައްކަތް ކުރިޔަށް ގެންދަން ދަތިވެފައިވާ ކަމަށާއި އަލަށް ބިންގާ އެޅި މި ފާމްގެ މަސައްކަތް ނިމުމުން ޖަލުގައި ބަކަރި ގެންގުޅުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.

އައްސޭރިޖަލުގައި ބަކަރި ފާމެއް ހަދާއިރު ކަރެކްޝަނުން ނިންމާފައި ވަނީ އެ މަސައްކަތް ފުޅާ ކުރުމުގައި ގައިދީން ބައިވެރި ކުރުމަށެވެ.