މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ސަލާމަތް ކުރަން އިސްލާމިކް ރިހެބިލިޓޭޝަން ބޭނުން ކުރުމާބެހޭ ގޮތުން މިސްރުގެ ޑޮކްޓަރުންގެ ޓީމަކާއެކު މަޝްވަރާކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިސްރްގެ ފެކަލްޓީ އޮފް މެޑިސިން ޔުނިވާސިޓީ އޮފް އެލެގެޒެންޑްރީއާގެ މެޑިކަލް ޕްރޮފެސަރުންގެ ޓީމަކުން ހިންގާ ރޭޑިއޮލޮޖީ ސްކޭނިން ސެންޓަރުގެ ޑޮކްޓަރުންގެ ޓީމަކާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ބައްދަލު ކުރައްވާ މަޝްވަރާކުރައްވާފައިވާ ކަމަށާއި އެ މަޝްވަރާތަކުގައި މަސްތުވާތެކެތީ ވަބާއިން މީހުން ސަލާމަތް ކުރަން އިސްލާމިކް ރިހެބިލިޓޭޝަން ބޭނުން ކުރުމާބެހޭ ގޮތުން މަޝްވަރާ ބަދަލު ކުރި ކަމަށެވެ.
އަދި މި ބައްދަލުވުމުގައި ރާއްޖޭގެ ސިއްހީ ނިޒާމް ތަރައްގީ ކުރުމަށް މިސްރުގެ އެލްގެޒެންޑްރިއާ ޔުނިވާސިޓީގެ މެޑިސިން ފެސިލީޓީޒްއާ ގުޅިގެން ރާއްޖޭގައި ސްކޭނީ ސެންޓަރުތައް ގާއިމް ކުރުމާއި ޓެލެ މެޑިސިން ރާއްޖޭގައި ތަރައްގީ ކުރުމާބެހޭ ގޮތުން ވެސް މަޝްރާ ކުރި އެވެ.
މި މަޝްވަރަތަކުގައި މިނިސްޓަރާއެކު މިނިސްޓަރުގެ އެޑްވައިޒަރު ޝައިހު، މުހައްމަދު ރަޝީދު އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.