ހަބަރު

ރައީސް ޔާމީނަށް ކަލާމް އެވޯޑް އަރުވައިފި، މަރުހަބާ ރައީސް

  • މި އެވޯޑް އެރުވި ފުރަތަމަ ބޭފުޅަކަށް ރައީސް
  • އެވޯޑާ ހަވާލުވެ ވަޑައިގަތީ ރައީސް
  • އެވޯޑު އެރުވީ އެކްސެލެންސްގެ ދާއިރާއިން

އިންޑިޔާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލް ކަލާމްގެ ހަނދާނުގައި އިންޑިޔާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން ދޭ "ޑރ. ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް 2016" އެވޯޑް ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މިއަދު އަރުވައިފި އެވެ. ރައީސަށް ޔާމީނަށް މި އެވޯޑް ލިބިވަޑައިގަތީ، އިންޓެނޭޝަނަލް އެކްސެލެންސްގެ ދާއިރާއިންނެވެ.

ރައީސް މި އެވޯޑާ ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނަށް އެވޯޑު އެރުވުމަށް މިއަދު ހެނދުނު އިންޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ރައީސް ޔާމީނަށް މި އެވޯޑް އިންޓެނޭޝަނަލް އެކްސެލެންސްގެ ދާއިރާއިން އެރުވި އިރު ބަލާފައިވަނީ އެ މަނިކުފާނު ރާއްޖެ ކޮށްދެއްވާފައިވާ ހިދުމަތްތަކަށާއި ރާއްޖެ ހިންގެވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށެވެ.

ރައީސް ޔާމީނަށް އެވޯޑް އެރުވި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވި ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން އިބްރާހިމް ހުސައިން ޝިހާބު ވިދާޅުވީ ރައީސް ޔާމީނަށް އެވޯޑް އެރުމުގައި ބަލާފައި ވަނީ ހަމައެކަނި ރައީސް ކަމުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް އެކަނި ނޫން ކަމަށާއި އެ މަނިކުފާނުގެ ގައުމީ ހިދުމަތުގެ ހުރިހާ ދުވަސްވަރެއްގެ މަސައްކަތްތަކެއް ބަލާފައިވާ ކަމަށެވެ.

ކަލާމް ޕުރަސްކާރް އަކީ ގަ އުމުތަކުގެ އިސްވެރިންގެ ތެރެއިން އެ ގައުމެއްގެ ދެމެހެއްޓެނިވި ތަރައްގީ އަށް މަސައްކަތްކުރައްވާ ބޭފުޅުންގެ އަގުވަޒަންކޮށް މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭން ނިންމާފައިވާ އެވޯޑަކަށްވާއިރު މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގަންނަވާ ބޭފުޅަކަށް ރައީސް އަބްދުﷲ ޔާމީނަށް ވެގެން ދިޔުމަކީ ގައުމަށް ލިބޭ ބޮޑު ފަހުރެކެވެ.

މިއަދު ލީޑަޝިޕް އެކްސެލެންސްގެ ދާއިރާ އާއި، އެޑިއުކޭޝަނަލް ލީޑަޝިޕް ދާއިރާ އަދި ސައިންސް އެޑިއުކޭޝަން ދާއިރާއިން ވެސް ކަލާމް ޕްރަސްކާރް އެވޯޑް ދީފައި ވެއެވެ.