އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ ޑިރެކްޓަރު ޖެނެރަލަށްވުރެ މަތީ މަގާމުތަކަކީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މަގާމުތައް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި އެކަން މިރޭ އިއުލާން ކޮށްފި އެވެ.
ސުޕްރީމް ކޯޓުން ބުނީ ޝަރުއީ ދާއިރާގެ އެންމެ އިސް އިދާރީ މަގާމުތަކަށް މީހުން އައްޔަން ކުރުމާ ބެހޭ އުސޫލު މިރޭ އާންމުކޮށްފައި ވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ދަށުން އަސާސީ ހައްގެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް އަދުލު އިންސާފު ލިބި ދިނުމުގެ މަސްއޫލިއްޔަތު މތިކޮށްފައިވަ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުން އަދާ ކުރަންޖެހޭ ދުސްތޫރީ މަސްއޫލިއްޔަތުތައް އަދާ ކުރަމުންދާނީ އެއްވެސް ފަރާތެއްގެ ފިއްތުމެއް ނެތި މިނިވަން ކަމާއި މުސްތަގިއްލު ކަމާއެކުގައިކަން ކަށަވަރު ކުރުމަށްޓަކައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އިދާރީ އޮނިގަނޑު އަލުން މުރާޖާކޮށް އިދާރީ މަސައްކަތްތައް އަލުން ހަރުދަނާ ކުރަންޖިފައިވާ ކަމަށް ފެނުމުން ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީ އާއި ގާނުނުތަކުގެ ބެލެނިވެރިފަރާތުގެ ހަސިއްޔަތުން ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 144 ވަނަ މާއްދާ އާއި 156 ވަނަ މާއްދާ އިން ސުޕްރީމް ކޯޓަށް ބާރު ލިބިދޭ އިހުތިޔާރާއި ބާރުތަކުގެ މައްޗަށް ރިޔާއަތްކޮށް އަދުލު އިންސާފު ގާއިމ ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން އެގޮތަށް ކަނޑައެޅީ ކަމަށް ވެސް ބުންޏެވެ.
އިދާރީ އެފަދަ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ވަކި ދާއިރާއަކުން ހާސިލްކޮށްފައިވާ ތައުލީމީ ފެންވަރަށާއި ތޖުރިބާ އާއި އެމީހެއްގެ ފަރާތުން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަށް ލިބިދާނެ ކަމަށް ފެންނަ ހިދުމަތުގެ ފެންވަރަށާއި އިސް ނެގުމަށާއި ލީޑަޝިޕާއި ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއި ކުރިން އަދާ ކުރި ވަޒީފާތަކުގައި ނަތީޖާ ހާސިލްކޮށްފައިވާ މިންވަރަށާއި ދައުލަތުގެ އެކި މަގާމުތަކުގައި އިހުލާސްތެރި ކަމާއި ހުނަރުވެރި ކަމާއެކު މަސައްކަތްކޮށްދީފައިވާ ވުމާއި މުއްދަށާއި ބާވަތަށް ބަލާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާއިރު އޭގެ ތެރޭގައި ދިވެހި ސަރުކަރު ގަބޫލު ކުރާ ޔުނިވާސިޓީއަކުން ތައުލީމް ހާސިލްކޮށް ފުރަތަމަ ޑިގްރީ ހާސިކޮށްފައިވުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުން އެނެގޭކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އިންޓަވިއު ޕެނަލްގައި ސާބިތުކޮށްދިނުމާއި ސަރުކާރުގައި ނުވަތަ ޕަބްލިކް ޕްރައިވެޓް ނުވަތަ ގައުމީ ބައިނަލް އަގުވާމީން ފެންވަރުގެ ޖަމިއްޔާ ޖަމާއަތެއްގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލުކޮށްފައިވުމާއި އެކަނަކްނަ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ކަނޑައަޅާ އިންޓަވިއު ޕެނަލަށް ސާބިތުކޮށް ދިނުމާއި ތަފާތު ގިންތީގެ މުވައްޒަފުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރުމުގެ ތަޖުރިބާ ހުރިމާއި ޝަރުއީ ދާއިރާއިން ކުރިމަތިލާ މަގާމުގެ ޕްރޮފެޝަނަލް އަދި ފަންނީ މުވައްޒަފުންނާ ގުޅިގެން ދާއިރާ ހިންގުމުގެ ލީޑަޝިޕް ދައުރު އަދާ ކުރެވިދާނެ ކަމުގެ ގާބިލުކަން ހުރިކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށް ދިނުމައި ކުރިމަތިލާ މަގާމުގެ ދާއިރާއިން ލަފާ ދިނުމުގެ ގާބިލު ކަމާއި ގައުމީ އަދި ބައިނަލް އަގުވާމީ ފޯރަމްތަކުގައި ތަމްސީލު ކުރުމުގެ ގާބިލުކަން ޕެނަލަށް ސާބިތުކޮށްދިނުން ހިމެނެ އެވެ.