އެމްޑަބްލިއުއެސްސީ

ފެން ކުންފުނިން ހައްޖު ކޯޕަރޭޝަންގެ ސްކީމުގައި ބައިވެރިވެއްޖެ

ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމްގައި އެމްޑަބްލައުއެސްސީއިން ބައިވެރިވަނީ --
0%
0%
0%

އެމްޑަބްލިއުއެސްސީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއާ ދެމެދު "މުވައްޒަފުންގެ ސްކީމް" ގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. މި ސްކީމްގެ ދަށުން ހައްޖު އަދި އުމްރާގެ އަޅުކަމަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ފަހިވެގެންދެ އެވެ.

މިއަދު ހެނދުނު ފެން ބިލްޑިންގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންޑަބްލިއުއެސްސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް އެވެ.

އެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ފަޒުލް މި ސްކީމްގެ ސަބަބުން މުވައްޒަފުންނަށް ހައްޖާއި އުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމް"ގައި ބޮޑެތި ގިނަ ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. މިއަދު ފުލުހުން ވެސް ވަނީ މި ސްކީމްގައި ބައިވެރިވެފަ އެވެ. މި ސްކީމްގެ ބޭނުމަކީ، ޒުވާނުންނަށް ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910