ހަބަރު

ކަށިގުރައިދޫއިން މިނިކަށިތަކެއް ފެނިގެން ތަހުގީގުކުރަނީ

ލ އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ކަށިގުރައިދޫއިން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ އެވެ.

މިނި ކަށިތައް ފެނިފައިވަނީ އެ ރަށު ގޮނޑުދޮށުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ރަށުން އިންސާނެއްގެ ކަށިތައް ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށާއި އެ ކަށިތަކުން ތަހުގީގަށް ބޭނުންވާ ސާންޕަލްތައް ނެގުމަށްފަހު ކަށިތައް މިހާރު ވަޅުލާފައިވާ ކަމަށެވެ.

މިހާތަނަށް އެއީ ކޮން ޖިންސެއްގެ މީހެއްގެ ކަށިތަކެއްކަން ދަނެގަނެވިފައެއް ނުވެ އެވެ. އަދި އެއީ ބަލާބަލަމުން ވަރަށް ދުވަސްވީ ކަށިތަކެއް ކަމަށް ފުލުހުން ބުންޏެވެ.