ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް މައްކާއަށް ވަދެއްޖެ އެވެ. ހަބަރުތައް ބުނާގޮތުގައި މި ހަނގުރާމަވެރިން ދިޔައީ މައްކާއަށް ހަމަލާދިނުމަށް ތައްޔާރުވަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އެމީހުން ރާވަމުން ދިޔައީ އައިއެސް ހަނގުރާމަވެރިން ބައްދަލުކުރާ ގެއެއްގެ ކައިރީ ހުންނަ ސެކިއުރިޓީ ބޭސް އަކަށެވެ.
މިހަނގުރާމަވެރިންނާ ބެހޭ ތަފްސީލެއް ސައުދީގެ ސަލަމަތާއިބެހޭ އިދާރާތަކުން އާންމެއް ނުކުރެ އެވެ. އެހެން ނަމަވެސް އެމީހުންނަކީ ވާދީ ނޫމާން ސަރަހައްދުގައި ފިލާ ތިބޭ ހަނގުރާމަވެރިންތަކެއް ކަމަށް ބުނެފައިވެ އެވެ. އެތަނުގައި ފަސް ހަނގުރާމަވެރިން ފިލާފައިވެ އެވެ.
ބައެއް މީޑިއާ ރިޕޯޓުތަކަށް ބަލާއިރު ސައުދީގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ ބައެއް ހަނގުރާމަވެރިންނަށް އަމާޒުކޮށް ވައިގެ ހަމަލާދީ މަރާލާފަ އެވެ. އަދި އެއް ހަނގުރާމަވެރިއަކުވަނީ ޒަހަމްކޮށްލާފަ އެވެ. އަދި މީގެ އިތުރުން މިސްކިތެއް ކައިރީ ޖާނުންފިދާވެގެން ހަމަލާދެން އުޅުނު ހަނގުރާމަވެރިއެއް ވެސް ހައްޔަރުކޮށްފައިވެ އެވެ.
އައިއެސް އިން މައްކާއަށް އަރައި ހަމަލާދޭން ތައްޔާރުވެފައި މިވަނީ ރަމަޟާން މަހުގެ އުމްރާގެ އަޅުކަން ފެށެން ގާތްވެފައިވަނިކޮށެވެ.