ދުނިޔެ

ލަންޑަންގެ ފުރަތަމަ މުސްލިމް މޭޔަރަކަށް ޚާން

ލަންޑަންގެ މޭޔަރުކަމަށް ވާދަކުރި ސާދިގް ހާން، ލަންޑަންގެ ފުރަތަމަ މުސްލިމް މޭޔަރު ކަމަށް އިންތިހާބް ވެއްޖެއެވެ. ސާދިގް ހާން ވާދަ ކުރައްވާފައިވަނީ ލޭބާ ޕާޓީގެ ޓިކެޓުގަ އެވެ.

އުމުރުން 45 އަހަރުގެ ހާން އަކީ ކޮންޒަވޭޓިވް ޕާޓީގެ ޒެކް ގޯލްޑްސްމިތުއާއި ވާދަކުރައްވާ އިންތިހާބްވި ބޭފުޅެކެވެ. ހާންގެ ކުރިން މޭޔަރުކަން ކުރައްވާފައިވަނީ ކޮންޒަރޓިވް ޕާޓީގެ ބޮރިސް ޖޮންސަން އެވެ. ހާން ގޯލްޑްސްމިތް ބަލިކުރައްވާފައިވަނީ ދެ ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަމުގައި "ރޭސިސްޓް" އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުތަކެއް ނޫސްތަކުން ރިޕޯޓު ކޮށްފައި އޮއްވައެވެ.

ބަސް ޑްރައިވަރެއްގަ ދަރިފުޅު ސާދިގް ހާން ވާދަ ކުރައްވާފައިވަނީ ބިލިޔަނަރެއްގެ ބޭފުޅަކާއެވެ. އަދި ހާން އިންތިހާބްވީ ރޭސިޒަމްއިން ފުރިފައި އޮތް ވާދަވެރި އިންތިހާބަކުންނެވެ. މި އިންތިހާބުގައި ގިނަބަޔަކު ވަނީ ހާން އާއި ދެކޮޅަށް ރޭސިސްޓް ކެމްޕެއިނެއް ހިންގި ކަމަށް ބުނެ ގޯލްޑްސްމިތުގެ ބޮލުގައި ތުހުމަތު ތަކެއް އަޅުވާފައެވެ.

ޕާކިސްތަނަށް ނިސްބަތްވާ ސާދިގް ހާންއަކީ ގާނޫނީ ވަކީލެއްގެ އިތުރުން ޕާލިމެންޓުގެ މެމްބަރެއްވެސް މެޔެވެ. އިންތިހާބުގެ ނަތީޖާ ތަކުން ދައްކާ ގޮތުގައި ހާން މިހާރު އޮތީީ 44 ޕަސެންޓް ވޯޓުން ކުރީގައެވެ. ހާން އިންތިހާބްވެފައިވީ އޭނާއަކީ އެކްސްޓްރީމިސްޓް ފިކުރެއްގެ މީހެއް ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.