ދުނިޔެ

ޕާކިސްތާނުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓަކު މަރާލައިފި

ޕާކިސްތާނުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަމުން އައި އެކްޓިވިސްޓެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި އެވެ. މަރާލާފައިވަނީ ކަރާޗީއަށް ނިސްބަތްވާ ޚުއްރާމް ޒަކީއެވެ.

ޚުއްރާމް ޒަކީ އަކީ އެ ގައުމުގައި ވަރަށް މަޝްހޫރު ހިއުމަން ރައިޓްސް އެކްޓިވިސްޓެކެވެ. އޭނާ މަރާލާފައި ވަނީ ޕާކިސްތާނުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން އަދި ބްލޮގަރުންނަށް ހަމަލާދީ މަރަމުންދާ ދުވަސްވަރެއްގައެވެ.

ޕާކިސްތާނުގެ އޮފިޝަލަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޒަކީ ގަޔަށް ބަޑި ޖެހީ ކޮންބައެއްކަން އަދި ބުނަން ނޭނގޭ ކަމަށެވެ. އަދި ވިދާޅުވީ، ޒަކީ ރެސްޓޯރެންޓެއްގައި އިންދާ ހަތަރު މީހަކު ވެގެން ބަޑީގެ ހަމަލާތަކެއް ދިން ކަމަށާއި ޒަކީ މަރުވީ އެ ހަމަލާގައި ކަމަށެވެ. ވިއެ ހަމަލާގެ ތެރޭގައި އޭނާގެ އެކުވެރިޔަކަށާއި އެހެން މީހަކަށް ވެސް އަނިޔާވި އެވެ. މި ހަމަކާ ދިނީ ހޮނިހިރު ދުވަހު އެވެ.

ޒަކީ އަކީ ކުރީގެ ނޫސްވެރިއެކެވެ. މީގެ އިތުރުން އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ނިޔަތުގައި "ލެޓް އަސް ބިލްޑް ޕާކިސްތާން" ގެ ނަމުގައި ހިންގާ ވެބްސައިޓްގެ އެޑިޓަރަކީ ވެސް އޭނާ އެވެ.