ޕްރޮމޯޝަން

ޑިސްކައުންޓްތަކާއެކު އީވޯ ފްލޯރިންގެ ރޯދަ ޕްރޮމޯޝަން ފަށައިފި

ވިހި ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ އީވޯ ފްލޯރިންގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

މި ޕްރޮމޯޝަން މިމަހު ހަތަކުން އަންނަ ޖޫން މަހުގެ ނުވަޔަކާއި ހަމައަށް ކުރިއަށް ގެންދާނެ އެވެ. އަދި ގަންނަ ކޮންމެ ޕްރޮޑަކްޓަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށް އީވޯއިން މައުލޫމަތުދެ އެވެ. އަދި ޕްރޮމޯޝަނުގެ މުއްދަތުގައި ފްލޯރިން ގަންނަ ކޮންމެ ފަރާތަކަށް ވެސް އިސްޓޯލްކޮށްދިނުމުގެ ހިދުމަތް ހިލޭ ދޭނެ އެވެ.

އީވޯ ފްލޯރިން އިން ތަފާތު ރޭންޖު ތަކުގެ ލަކުޑި ފްލޯރިން، ޑެކިން އަދި ޓައިލްސް އާ ފިނިޝިން މެޓީރިއަލްސް ލިބެން ހުންނާނެ އެވެ. އަދި މިތަނުން ޔޫރަޕްގެ އެންމެ މަޝްހޫރު ފްލޯރިން ސާމާނު ލިބެން ހުންނާނެ އެވެ. އަދި މީގެ އިތުރުން އީވޯ ފްލޯރިން އިން އިންޑޯގެ އިތުރުން އައުޓް ޑޯ ފްލޯރިންވެސް ލިބެން ހުންނާނެ އެވެ. އޮފީސްތަކުގެ ފްލޯރިންގެ އިތުރުން ގޭގެއަށް ބޭނުންވާނެ ފްލޯރިންތައް ވެސް އީވޯ ފްލޯރިންއިން ލިބެން ހުރެ އެވެ.

މި ފިހާރާގައި އެންމެ ފެންވަރު ރަނގަޅު ފްލޯރިން ލިބެން ހުރިއިރު އަގުތައް ވެސް ހުރީ ވަރަށް އެކަށީގެންވާ ގޮތެއްގަ އެވެ. އާއްމުކޮށް މާލޭގައި ހުރި ފްލޯރިންނާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު އުފެއްދުންތަކެއް ވަރަށް "ރީޒަނަބަލް" އަގުތަކުގައި ލިބެ އެވެ.