ދުނިޔެ

ޓްރަމްޕް ހޮވާކަށް ބޭނުމެއް ނޫން، އަހަރެން އެމެރިކާއަށް ދާން ބޭނުން: ލަންޑަންގެ މޭޔަރު

މިއަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ހަމައެކަނި ކެނޑިޑޭޓު އަދި މިލިއަނަރު ޑޮނާލްޑް ޓްރަމްޕަށް އިންތިހާބު ކާމިޔާބު ކުރެވި އެމެރިކާގެ ރައީސްކަން ލިބެން ނޭދޭ ކަމަށް ލަންޑަނުގެ ފުރަތަމަ މުސްލިމް މޭޔަރު ސޯދިޤު ހާން ވިދާޅުވެއްޖެ އެވެ.

"އަހަރެން ބޭނުން އެމެރިކާއަށް ދާން ބޭނުން، އެއީ އެމެރިކާގެ މޭޔަރުންނާ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި، އެކަމަކު ޓްރަމްޕް ވެރިކަމަށް އައިސްފި ނަމަ އެފުރުސަތެއް ނުލިބޭނެ،" ސޯދިގު ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި މުސްލިމުންނަށް އެމެރިކާއަށް އެރުން މަނާ ވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅުވައިން ސޯދިގު ވިދާޅުވީ އެމރިކާއަށް ޒިޔާރަތް ކުރަން އޭނަ ބޭނުންވާ ކަމަށާއި ޓްރަމްޕް ވެރިކަމަށް އައިސްފިނަމަ އެފުރުސަތު ނުލިބޭނެ ކަމަށެވެ. ޓްރަމްޕް އެގޮތަށް ނިންމީ މިދިޔަ އަހަރު ޕެރިސްގައި ދިން ޓެރަރިސްޓު ހަމަލާގައި 130 މީހުން މަރާލުމާ ގުޅިގެންނެވެ.

"ގަވާއިދާ ހިލާފުވާނެ ކޮންމެވެސް ބަޔަކު އަބަދުވެސް ތިބޭނެ. އެގޮތަށް ނިންމީ އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަށް" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ސޯދިގަށް މޭޔަރުކަން ލިބުމުން ޓްރަމްޕްވަނީ އޭނަ އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.