ޕްރޮމޯޝަން

ތުރުކީއަށް ދާން ބޭނުންތަ؟ މީޑިޔާނެޓް ރޯދަ ހަދިޔާ ޕްރޮމޯޝަންގަ ބައިވެރިވޭ!

May 10, 2016
2

ތުރުކީ ދަތުރަކާއި އިތުރު ގިނަ އިނާމުތަކާއެކު މީޑިޔާނެޓްގެ ރޯދަ ހަދިޔާ ޕްރޮމޯޝަން މިރޭ ފަށައިފި އެވެ.

މީޑިޔާނެޓު ސޭލް ސެންޓަރުގައި މިރޭ ފެށި މީޑިޔާނެޓު ރޯދަ ޕްރޮމޯޝަން ފަށައިދިނީ ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ވަސީމެވެ. އެއްވަނަ އިނާމަކަށް ތުރުކީ ދަތުރެއް ހުށަހަޅާފައިވާ މި ޕްރޮމޯޝަން ކުރިއަށް ދަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއްވަނަ އިނާމު ހުށަހަޅާފައިވަނީ ޓާކިޝް އެއާލައިންގެ ފަރާތުންނެވެ. މި އިނާމަށް ލިބެނީ ތުރުކީ ދެކޮޅު ޓިކެޓެކެވެ.

މި ޕްރޮމޯޝަންގައި ދޭ އިނާމުތަކުގެ ތެރޭގައި އެމިރޭޓްސް އެއާލައިނުން ހުށަހަޅާފައިވާ ސްރީލަންކާ ދެކޮޅު ޓިކެޓު ހިމެނެ އެވެ. މި އިނާމު ކޮންމެ ހަފުތާއަކު ލިބޭނެ އެވެ.

މީޑިޔާނެޓުގެ އެސިސްޑެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަން ޝިމާނާ އިސްމާއިލް ވިދާޅުވީ ރޯދަމަހަކީ ހާއްސަ މަހެއް ކަމަށާއި، މީޑިޔާނެޓުން ރޯދަ މަހު ކުލަގަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. މި އަހަރުގެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މީޑިޔާނެޓުގެ ޑީކޯޑަރެއް ގަތުމުން ކަމަށެވެ.

"އަބަދުވެސް މި ޕްރޮމޯޝަން ހާއްސަ އިނާމު ތަކެއް ދެން. ގަންނަ ފަރާތްތައް ދާނީ ލަކީ ޑްރޯއަކަށް. ލަކީޑްރޯ ނަގާނީ ރޯދަ ނިމުމުން،" ޝިމާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީޑިޔާނެޓަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައިގެން ކޮންމެ ހަފުތާއަކު ދެ މީހަކަށް ސްރީލަންކާ ދެކޮޅު ޓިކެޓު ލިބޭނެ ކަމަށެވެ.

"މީޑިޔާނެޓު މޯޑަމްއިން ކެޗަޕް ޓީވީ އާއި އޯޕަން ޓީވީވެސް ބަލައިލެވޭ. މިގޮތަށް ވެސް ބައިވެރިވެވޭނެ،" ޝިމާނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެ ހަފުތާއަކު 40 އިންޗީގެ ޓީވީއެއް ވެސް ލިބެ އެވެ.