އެލްޖީއޭ

ޔޫސީއެލްޖީ މެމްބަރުކަން އެލްޖީއޭއަށް ލިބިއްޖެ

ދުނިޔޭގެ ލޯކަލް ގަވަމެންޓު ކަންކަން ބަލަހައްޓާ ޖަމިއްޔާ ޔުނައިޓް ސިޓީސް އެންޑް ލޯކަލް ގަވަމަންޓް (ޔޫސީއެލްޖީ) ގެ މެމްބަރުކަން ރާއްގޭ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދީފި އެވެ.

ޔޫސީއެލްޖީ އަކީ ލޯކަލް ގަވަމެންޓް ކަންކަން ބަލަހައްޓާ އެތަންތަނަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަމާއި ލޯކަލް ޑިމޮކްރަސީ ކުރިއަރުވަން މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ.

މި ޖަމިއްޔާއިން ކުރިއަށް ގެންދާ މައިގަންޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ލޯކަލް ލެވެލްގެ ޑިމޮކްރަސީ ހަރުދަނާއި ކުރުމާއި، ފަރުދީ ހައްގުތަކާއި މުޖުތަމައުގެ ހައްގުތަކަށް ބާރުއެޅުމާއި ޖިންސުގެ ހަމަހަމަ ކަމާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް އާންމުން އަހުލުވެރި ކުރުވުން ފަދަ ކަންތައް ހިމެނެ އެވެ. އަދި މިޒަމާނުގެ ޓެކްނޮލޮޖީގެ ލުއިފަސޭހަކަން ލިބިފައިވާ ހިތްފަސޭހަ ސިޓީތަކެއް ގާއިމްކުރަން ބާރުއެޅުމާއި، ސަގާފަތާއި އާދަކާދަ ދަމަހައްޓަން ބާރުއެޅުމާއި، ޑީސެންޓްރަލައިޒޭޝަން އާއި. ލޯކަލް ސެލްފު ގަވަމެންޓު، ލޯކަލް ފައިނޭންސް އަދި ޑިވެލޮޕްމަންޓަށް މަސައްކަތް ކުރާ ޖަމިއްޔާއެއްވެސް މެ އެވެ.

ދެހާސް ހަތަު ވަނަ އަހަރު ވުޖޫދަށް އައި މި ޖަމިއްޔާގެ މައި މަރުކަޒު ހިންގަނީ ސްޕޭންގެ ބާސެލޯނާގަ އެވެ.