ޕްރޮމޯޝަން

އެމްއައިބީ އިން ހާއްސަ ރޯދަ ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ކަސްޓަމަރުންނަށް ރޯދައަށް ބޭނުންވާ ސާމާނު ގަތުމަށް ހާއްސަ ރޯދަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެމްއައިބީ އިން ބުނީ މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން 150،000 ރުފިޔާއާ ހަމައަށް މުދާ ނެގޭއިރު އެފައިސާ ދައްކަން 30 މަސްދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ގެންގުޅޭ ސާމާނާއި، ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު ލިބޭނެ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ސާމާނާއި އިންޖީނުވެސް ލިބޭނެ ކަމަށް އެމްއައިބީއިން މައުލޫމާތުދެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ކޮންމެހެން އެމްއައިބީގައި އެކައުންޓެއް އޮންނަން ނުޖެހޭ ކަމަށާއި ކޮންސިއުމާ ފައިނޭންސިން ހިދުމަތުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށެވެ. އަދި މުވައްޒަފުންނަށް މުދާ ނެގޭނީ އެ މުވައްޒަފުންގެ މުސާރައަށް ބަލާ މުސާރައިގެ ބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ނުވާ ފަދަ މުދާ ކަމަށް އެމްއައިބީ އިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ހުށަހަޅާ ކޮންމެ ފޯމަކާއެކު ތިން ކޯޓޭޝަން ހުށަހެޅެ އެވެ. އަދި ޕްރޮމޯޝަންގެ ދަށުން ނަގާ މުދަލުގެ ޖުމްލަ އަގު 60،000 ރުފިޔާ އަށް ވުރެ މަތިވާ ނަމަ، އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އަގުގެ ފަސް ޕަސެންޓު ދައްކަން ޖެހޭނެ ކަމަށް އެމްއައިބީ އިން މައުލޫމާތުދެ އެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ގދ.ތިނަދޫ ގައި މި ޕްރޮމޯޝަން ކުރިއަށްގެންދަން އެމްއައިބީން ވަނީ ނިންމާފަ އެވެ.