ހަބަރު

އެއްބަސްވުމާ ހިލާފުވެގެން ވިލާ އާއި އެހެން ބައެއް ފަރާތްތަކަށް ދޫކުރި ރަށްތައް ނަގައިފި

Feb 5, 2015

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށާއި އެހެން ވެސް ބައެއް ކުންފުނިތަކަށް ރިސޯޓް ހަދަން ދޫކޮށްފައިވާ ގިނަ އަދަދެއްގެ ރަށްތަކުގެ އެގްރިމަންޓްތައް ސަރުކާރުން މިއަދު ބާތިލްކޮށްފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ގާސިމް އިބްރާހިމްގެ ވިލާ އަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ސެޓުލްމަންޓް އެގްރިމަންޓާ ހިލާފުވުމުގެ ސަބަބުން ވަކިކޮށްފައި ވަނީ:

މިނިސްޓްރީން ބުނި ގޮތުގައި އެ ރަށްތަކުގެ އެގްރިމަންޓް ބާތިލް ކުރަން ޖެހުނީ އެތަންތަނާ އެކު ސަރުކާރުން ހަދާފައިވާ އެގްރިމަންޓާ އެއްގޮތަށް މީގެ ކުރިން ވެސް އަމަލުކުރަމުން ނުދިޔުމުން ފަހުން ހެދުނު ސެޓުލްމަންޓް އެގްރިމަންޓްގެ ދަށުން ވެސް ގިނަ އިނާޔަތްތަކެއް ދިނުމުން ވެސް އެ ކުންފުނިން އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ އެވެ.

ކުލި ނުދެއްކުމާއި އެގްރިމަންޓަށް އަމަލު ނުކުރުމުން ސަރުކާރުން މިއަދު ނެގި އެހެން ރަށްތަކަކީ

މިނިސްޓްރީން ބުނީ އެ ރަށްތަކުގެ އެގްރިމަންޓް ބާތިލް ކުރަން ޖެހުނީ އޮންނަ އުސޫލުތަކުގެ ތެރެއިން އެކި ފަހަރުމަތިން ނަސޭހަތް ދިނުމުން ވެސް އެގްރިމަންޓާ އެއްގޮތަށް އަމަލު ނުކުރުމުން އެކި ލުއިތައް ވެސް ދީގެން ކަންކަން އިސްލާހު ނުކުރުމުން ކަމަށެވެ. އަދި އެ އެގްރިމަންޓްތައް ދެމެހެއްޓުމުގެ ސަބަބުން ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ލިބި އާމްދަނީ ގެއްލިގެން ދާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އަދި އެގްރިމަންޓް ބާތިލް ކުރީ ވަކި ބައެއްގެ ރަށްތަކަކަށް ބަލައިގެން ނޫން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރިސޯޓް ހެދުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައި ހުރި ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ އެތައް މިލިއަން ޑޮލަރެއް އެބަ ހުއްޓެވެ. އެ ފައިސާ ހޯދުމުގެ ބައެއް މައްސަލަތައް ހުރީ އަދިވެސް ކޯޓުގަ އެވެ. އޭގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ބޮޑު އުނިކަމެއް ލިބިފަ އެވެ. 

ކުލި ނުދައްކާ އެހެން ބައެއް ރަށްތަކަށް ވެސް މިނިސްޓްރީން މިއަދު ވަނީ 14 ދުވަހުގެ ނޯޓިސް އެއް ދީފަ އެވެ. އެ ރަށްތަކަކީ:

"ޓޫރިސްޓް ރިސޯޓްގެ ގޮތުގައި ހިނގަމުންދާ ރަށްރަށާއި އަދި އަލަށް ތަރައްގީކުރުމަށް ކުއްޔަށްދީފައިވާ ރަށްރަށުން ލީސް އެގްރިމަންޓާ ހިލާފަށް، ކުލި ނުދައްކާ އަދި ރަށްތަރައްގީ ނުކުރާނަމަ އެގްރީމަންޓްގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ވާހަކަ ހުރިހާ ފަރާތްތަކަށް ދަންނަވަމެވެ،" މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވެ އެވެ.