ދުނިޔެ

ދެކޮޅުވެރިކަން ދޫކޮށްލައިފި ނަމަ ސީދާ މަޝްވަރާތަކަށް ތައްޔާރު: އީރާން

އީރާންގެ ރައީސް މަސްއޫދެ ޕެޒެޝްކިއާން -- އެމެރިކާއިން ދެކޮޅުވެރިކަން ދޫކޮށްލައިފި ނަމަ ސީދާ މަޝްވަރާތަކަށް ތައްޔާރު ކަމަށް ވިދާޅުވި
0%
0%
0%

އީރާންއާ މެދު އެމެރިކާ ދެކޭ ގޮތް ދޫކޮށްލައިފި ނަމަ ސީދާ މަޝްވަރާތަކަށް ތައްޔާރު ކަމަށް އީރާންގެ ރައީސް މަސްއޫދެ ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.

ޕެޒެޝްކިއާން އިތުރަށް ވިދާޅުވީ ދެކޮޅުވެރިކަމާއި ހަސަދަވެރިކަށް އެމެރިކާއިން ދޫކޮށްލައި އަދި އެކަން އަމަލީ ގޮތުން ދައްކައިފި ނަމަ އޭނާ ހުންނެވީ އެއް މޭޒުދޮށަށް ވަޑައިގަންނަވަން ވެސް ތައްޔާރަށް ކަމަށެެވެ.

އީރާން އަކީ އެމެރިކާއާ ދެކޮޅު ގައުމެއް ނޫން ކަމަށް ވެސް ރައީސް ޕެޒެޝްކިއާން ވިދާޅުވި އެވެ. އެމެރިކާ ދެކޭ ގޮތުގައި އީރާން އަކީ އެމެރިކާގެ ހަތުރުން ނަމަ -- އެއީ އެމެރިކާގެ އަމިއްލަ އަންދާޒާއެއް ކަމަށްވެސް ޕެޒެޝްކިއާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕެޒެޝްކިއާން ވިދާޅުވީ އެމެރިކާއާ އެކު 2015 ގައި ހަދާފައި އޮތް ނިއުކްލިއާ އެއްބަސްުވުން އަލުން އެކުލަވާލަން އެމެރިކާ ތައްޔާރު ނަމަ -- އީރާންވެސް ތައްޔާރު ކަމަށެވެ.

އެކަމަކު އީރާންއާ އެކު ކުރާ ކޮންމެ މުއާމަލާތެއްގައި ވެސް އެމެރިކާއިން އިޚުލާސްތެރިވާން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އީރާން އާއި ރަޝިއާއާ ދެމެދު އަސްކަރީ އެއްބަސްވުންތަކެއް އެކުލަވާލާފައި އޮތް ނަމަވެސް، އީރާންގެ ރައިސްގެ މަގާމަށް އޭނާ ވަޑައިގަތް ފަހުން އެއްވެސް ބާވަތެއްގެ ހަތިޔާރެއް ތެހެރާނުން މޮސްކޯއަށް ފޮނުވާފައި ނުވާނެ ކަމަށްވެސް ޕެޒެޝްކިއާން ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްގެ މަގާމަށް ޖޯ ބައިޑަން ވަޑައިގަތުމަށް ފަހު އީރާންއާ އެކު ސީދާ މަޝްވަރާތަކަށް ވަޑައިގަތުމަށް ހުށަހެޅުއްވި އެވެ. ނަމަވެސް، އީރާނުން އެކަން އޭރު ގަބޫލެއް ނުކުރި އެވެ.

އީރާނުން ބޭނުންވީ ޔޫރަޕިއަން ޔޫނިއަނާއި އަރަބި އެކުވެރިން މެދުވެރިކޮށް އެމެރިކާއާ މަޝްވަރާކުރުމަށެވެ. ނަމަވެސް، އެ ވަޝްވަރާތައް ކޮޅެއްގައި ނުޖެހި ފޭލިވީ އެވެ.

މެދުއިރުމަތީގައި އީރާން އަދާކުރާ ދައުރާ މެދު އެމެރިކާ ކަންބޮޑުވި ނަމަވެސް، އެމެރިކާ ކަންބޮޑުވާ ވަރުގެ ކަމެއް އީރާނުން ނުކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިޒުރޭލަށް ހަމަލާދިނުމަށް ހޫސީންނަށް ހައިޕާސޮނިކް މިސައިލް އީރާނުން ފޯރުކޮށްދޭ ކަމަށް ބުނެ އެމެރިކާޢިން ހަދަނީ ދޮގު ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވި އެވެ.

ހޫސީންގެ އަތުގައި އީރާނުން ފޮނުވާފައި ހުރި ހައިޕާސޮނިކް މިސައިލެއް ނުހުންނާނެ ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345