ހަބަރު

ވައްކަމުގެ މައްސަލައަކާ ގުޅިގެން ބިދޭސީއެއް ހޯދަނީ

ވައްކަމުގެ މައްސަލައަކާއި ގުޅިގެން ބިދޭސީ މީހެއް ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޖަންމެލް އަކީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ނަމަވެސް އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.

އެހެން ކަމުން އެމީހާއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިއްޖެ ނަމަ 9911099 ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުންޏެވެ.