ހަބަރު

އެމްޑީޕީ އާއި ޖޭޕީގެ ގުޅުމުގެ އެގްރީމެންޓްގައި ސޮއިކޮށްފި

Feb 5, 2015

ގާނޫނު އަސާސީ ދިފާއު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށް އެކުލަވައިލި އެގްރީމެންޓްގައި މިރޭ ސޮއިކޮށްފި އެވެ.

ދެ ޕާޓީ ގުޅިގެން މިރޭ ކުރިޔަށް ގެންދާ ޖަލްސާގެ ތެރޭގައި އެގްރީމެންޓްގައި ސޮއިކުރެއްވީ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމެވެ. 

މީގެ އިތުރުން އެމްޑީޕީއާއި ޖޭޕީން ވަނީ ދެ ޕާޓީ ގުޅިގެން ޖޮއިންޓް އިންޓަ ޕާޓީ ޕާލަމެންޓްރީ ގްރޫޕަކާއި ޖޮއިންޓް ކޮމިނެއް ވެސް އުފައްދާފަ އެވެ.

މިރޭވި އެއްބަސްވުމުގައި ހެކިންގެ ގޮތު ސޮއި ކުރެއްވީ ޖޭޕީން އަމީން އިބްރާހީމާއި، އެމްޑީޕީގެ އަލީ ވަހީދެވެ.