ހަބަރު

ދޫވެހީގެ މިލްކުވެރިކަން ރައީސް ދޫކޮށްލައްވައި އިތުރު ގެއެއް ހޯއްދަވައިފި

ގ. ދޫވެހީގެ މިލްވެރިކަން ރައީސް އަބްދުﷲ ޔާމީން ދޫކޮށްލައިވައިފި އެވެ. ގ. ދޫވެހިގެ ރައީސް ދޫކޮށްލަވާފައިވާއިރު އިތުރު ގެއެއްގެ މިލްކްވެރިކަން ރައީސް ވަނީ ހޯއްދަވާފަ އެވެ.

ސިވިލް ކޯޓުން ކޮށް، އާންމުކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ، ރައީސް ޔާމީނަށް ހ. ނޫފަރުގެ މިލްކްކޮށްދެެއްވާ ކަމަށެވެ. އެ ގެއަކީ ހދ. ކުޅުދުއްފުށީ، ވައިފިލާގޭ، މަރިޔަމް އަހުމަދާއި ހ. ނޫފަރުގޭ އަލްމަރުހޫމް އިސްމާއިލްފުޅުގެ ނަން މަތީ އޮތް ގެއެކެވެ.

ރައީސް ޔާމީނަށް ހ. ނޫފަރުގެ 2969 އަކަފޫޓްގެ ބިމާއި ނުއުފުލޭ މުދާ މިލްކޮށްދީފައިވާއިރު، އޭގެ ބަދަލެއްގެ ގޮތުގައި މަރިޔަމް އަހުމަދަށް ވަނީ ގ. ދޫވެހީގެ 2000 އަކަފޫޓްގެ ބިމާއި ނުއުފުލޭ މުދާ މިލްކޮށްދީފަ އެވެ.

މިދިޔަ މާޗް މަހުގެ ނިޔަލަށް ރައީސް ދިރިއުޅުއްވަމުން ގެންދެވީ ދޫވެހީގަ އެވެ. އެ ގެ ދޫކޮށްލެއްވުމަށްފަހު ރައީސް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ހިލާލީގޭގަ އެވެ.