ރޯދަ މަސް

ރޯދަމަހަށް ހާއްސަ ނައިޓް މާކެޓް ބާއްވާނެ ފަރާތެއް ހޯދަނީ

ރޯދަމަހަށް ހާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ބާއްވަން ނިންމާފައިވާ ކާބޯތަކެތީގެ ނައިޓް މާކެޓް ހިންގާ އޮގަނައިޒް ކުރާނެ ފަރާތެއް ހޯދަން އިއުލާނުކޮފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ރޯދަ މަހަށް ހާއްސަކޮށްގެ ނައިޓް މާކެޓެއް ބޭއްވުމަށް އެ މިނިސްޓްރީން ހަމަޖައްސާފައިވާތީ އެ މާކެޓް ރާވައި ހިންގުމުގެ ފުރުސަތު މިނިސްޓްރީއިން ހުޅުވާލާފައިވާ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އޮގަނައިޒާ އަކަށް ވުމަށް ސިޓީ ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްގައި ނައިޓްމާކެޓް ރާވާ ހިންގުމަށް ގަސްދުކުރާ ގޮތް ތަފްސީލުކޮށް ހިމަނަންޖެހޭނެ ކަމަށެވެ. އަދި ނައިޓްމާކެޓް ރާވާ ހިންގުމަށް އެ ފަރާތުން ހުށަހަޅާ ފީ ވެސް ޕްރޮޕޯސަކްގައި ހިމަނަންޖެހޭނެ ކަމަށެވެ. މި ދެ ކެޓަގަރީން ކޮންމެ ކެޓަގަރީއަކަށް 50 ޕަސެންޓުން މާކްސް ދެވޭނެ އެވެ.

މިމަހުގެ 22 އާ ހަމަޔަށް ފޯމް ބަލައިގަތުމަށް ހުޅުވާލާފައިވާ މި ފުރުސަތުގައި އެންމެ މަތިން މާކްސް ހޯދާ ފަރާތަކަށް ޕްރޮޖެކްޓް ހަވާލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.