ހަބަރު

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

Jun 20, 2017

ގޮވާމުން ފިތުރު ޒަކާތް ބަަލައިގަންނަން ފަށައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުން ޒަކާތް ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

ގޮވާމުން ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ އަލްމަދުރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލުގަ އެވެ. ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންޖެހޭނީ އެބަޔަކު އެ އަހަރު ތެރޭގައި އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތުންނެވެ.