ހަބަރު

ފިތުރު ޒަކާތް ބަލައިގަތުން އަންގަރާ ދުވަހުން ފެށިގެން

May 5, 2019
1
މާލޭގައި ފިތުރު ޒަކާތް ބަލައިގަންނަނީ: މިއަހަރުގެ ޒަކަތް ބަލައިގަންނަ ތާރީހު މިއަދު ވަނީ އިއުލާންކޮށްފައި -- ފައިލް ފޮޓޯ | އަވަސް
100%
0%
0%

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ މިނިސްޓްރީން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9.15 އިން މެންދުރު 1.00 އަށެވެ.

ވިލިމާލޭން ފިތުރު ޒަކާތް ބަލައިގަތުން ސިޓީ ކައުންސިލްގެ ވިލިމާލޭ ޔުނިޓުން ކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި ޒަކާތް ބަލައިގަންނާނީ އެ ސިޓީގެ ކޮމިޔުނިޓީ ސެންޓަރުންކަމުގައި އެ އިއުލާނުގައި ބުނެފައިވެ އެވެ.

"މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާބެހޭ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިންނެވެ،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭ ރައްޔިތުންގެ ޒަކާތު އަގުތައް

  • އާދައިގެ ހަނޑޫ - 15 ރުފިޔާ
  • ތައިލަންޑު ހުދު ހަނޑޫ - 45 ރުފިޔާ
  • ބާސްމަތީ ހަނޑޫ - 95 ރުފިޔާ
  • ރަތް ހަނޑޫ - 75 ރުފިޔާ
  • އާދައިގެ ފުށް - 15 ރުފިޔާ
  • އާޓާ ފުށް - 60 ރުފިޔާ

އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ނެރެންޖެހޭނީ އަހަރެއްގެ ތެރޭގައި އެރަށެއްގެ ބަނޑުކެއުމުގައި އާންމުކޮށް ކައިއުޅުނު ބާވަތްތަކުން 2.4 ކިލޯގެ އަގު ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހްމަދު

އާދައިގެ ހަނޑުލާ ގޮދަންފުށާ ވިއްކަނީ އެއްއަގެއްގައްނޫން. އެދެބާވަތުން އެއްވަރެއްދައްކަން ޖެހޭގޮތަކީކޮބާ؟ އާދައިދެ ހަނޑޫކިލޯއެއް މާލޭން ގަންނަން ލިބެނީ 5ރުފިޔާއަށް. 2.4ކިލޯއަށް ވަނީ 12ރުފިޔާ. ގޮދަންފުށް ކިލޯއެއް ގަންނަން ލިބެނީ 4ރުފިޔާއަށް. 2.4 ކިލޯއަށް ވަނީ 9.60ރުފިޔާ. ޒަކާތް ފަރުޟު ކުރެއްވިފަރާތުން ކަނޑައަޅުއްވާ ނިންމަވާފައިވާ ވަރަށްވުރެ ބޮޑަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމަކީ ދީނާ ޚިލާފުކަމެއް. އަވަސްނުހުންވެސް ހަގީގަތް ހާމަކޮށްފިއްޔާ އެކޮމެންޓެއްނުޖަހާނެ. މީގެ ކުރިންވެސް ކޮމެންޓްކުރިން . ނުޖެހި.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345