ޒަކާތް

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.9 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 101.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ 2023 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 90.2 މިލިއަން ރުފިޔާއަށްވުރެ 11.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިއީ 12.9 ޕަސެންޓް އިތުރުވުމެކެވެ.

މިދިޔަ އަހަރު މުދަލު ޒަކާތް ލިބުނު މިންވަރު މަހުން މަހަށް

  • ޖެނުއަރީ - 3.4 މިލިއަން ރުފިޔާ
  • ފެބްރުއަރީ - 5.8 މިލިއަން ރުފިޔާ
  • މާޗް - 14.1 މިލިއަން ރުފިޔާ
  • އެޕްރީލް - 13.7 މިލިއަން ރުފިޔާ
  • މޭ - 9.1 މިލިއަން ރުފިޔާ
  • ޖޫން - 4.3 މިލިއަން ރުފިޔާ
  • ޖުލައި - 15.5 މިލިއަން ރުފިޔާ
  • އޮގަސްޓް - 7.4 މިލިއަން ރުފިޔާ
  • ސެޕްޓެމްބަރު - 8.7 މިލިއަން ރުފިޔާ
  • އޮކްޓޫބަރު - 5.6 މިލިއަން ރުފިޔާ
  • ނޮވެމްބަރު - 3.9 މިލިއަން ރުފިޔާ
  • ޑިސެމްބަރު - 9.7 މިިލިއަން ރުފިޔާ

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ.