އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް މިއަދު ފަށައިފި އެވެ.
އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މިކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ޒަކާތު ކޮންފަރެންސަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ ޒަކާތުގެ ގޮތުގައި ކުރިން ލިބެމުން ދިޔައީ 14 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެކަމަށް ހޭލުންތެރިކުރުމަށް ކުރި މަސައްކަތުން އެ އަދަދު 100 މިލިއަން ރުފިޔާއާ ގާތަށް އިތުރުކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުން ހަރުދަނާކޮށް، ޒަކާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޒަކާތުހައުސްގެ ނަމުގައި ވަކި އޮފީހެއްވެސް މިހާރު ވަނީ އުފައްދާފަ އެވެ. އެ އޮފީސް ހުޅުވީ މިއަހަރުގެ ޖެނުއަރީ ދެވަނަ ދުވަހު އެވެ.