ހަބަރު

ހަނދު ސާބިތު ކުރުން މި މަހުގެ 15 ގައި

May 8, 2018
1
ހަނދު ސާބިތު ކުރުމުގެ ޖަލްސާއެއް ކުރިޔަށްދަނީ
0%
0%
0%

މި އަހަރުގެ ރޯދަ މަހަށް ހަނދު ބެލުން މި މަހުގެ 15 ވަނަ ދުވަހު ކުރިޔަށް ގެންދާނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށް، ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ މަތީގައި ކުރިމަތީގައި ކަމަށާއި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ.

މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސްދޭނީ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށެވެ.

މިއަހަރުގެ ރޯދަ މަސް ފަށަނީ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345