ހަބަރު

މީރު ފްރައިޑް ރައިސްއެއް ހަދާލާނީ މިހެން!

Jun 11, 2017
1
0%
0%
0%

ތަފާތު ބާވަތުގެ ފްރައިޑް ރައީސް ކަމުދާ އެތަށް ބަޔަކު އުޅެ އެވެ. ހާއްސަކޮށް ރޯދަ ވީއްލާ ގަޑިއަށް ކޮންމެވެސް އެއް ދުވަހު ފްރައިޑް ރައީސް އޯޑާކޮށްގެން ނޫނީ ގޭގައި ތައްޔާރުކޮށްލާ އާއިލާތައް ވެސް މަދެއް ނޫނެވެ. އެހެންކަމުން "ރިހަފަތް"ގައި މިއަދު މި ގެނެސްދެނީ މީރު ފްރައިޑް ރައިސް އެއް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ގޮތެވެ.

ބޭނުންވާ ތަކެތި

ސްޓީމްކޮށްފައި ހުރި ބަތް
ކެރެޓު
ކެބެޖު
ލީކްސް ފިޔާ
ލޮނުމެދު
އިނގުރު
މިރުސް
ޗިލީ ޕޭސްޓް
ޗިކަން ސްޓޮކް
އަސޭމިރުސް
ލޮނު
1 މަސްދަޅު
ޕެސްޓުރައިޒް އެގް
އޮއިސްޓާ ސޯސް
ހިކަނދިފަތް

ތައްޔާރު ކުރާ ގޮތް

ފުރަތަމަ ތަވައަށް ތެޔޮ އަޅާލާފައި ފިޔާ ކެރެޓު ކެބެޖު އަދި ލީކްސް ކޮށާފައި އަޅާލަނީ އެވެ. ދެން ސައިސަމްސާއެއްގެ ޗިކަން ސްޓޮކާއި އަސޭމިރުހާއި ލޮނުގެ ސައިސަމްސާއެއް އަޅާލާނީ އެވެ. ދެން ރަނގަޅަށް އެއްކޮށްލާފައި އޭގެ ތެރެއަށް މަސްދަޅާއި ހިކަނދިފަތް އަދި އޮއިސްޓާ ސޯސްކޮލެއް އަޅާލާނީ އެވެ. ދެން އޭގެ މައްޗައް ކޮށާފައި ހުންނަނ މިރުސް އަޅާލުމަށް ފަހު ކައްކާފައި ހުރި ބަތް އަޅާލާނީ އެވެ. ދެން ބަތް މައްޗައް އެއް ޓޭބަލްސް ސްޕޫންގެ ސޯޔާ ސޯސް އަޅާލުމަށް ފަހު މުޅި އެތި އެއްކޮށްލާނީ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345