ރޯދަ މަހާ ރޯއްޖާ

މީރު ފްލަފީ ޖަޕަނީޒް ޗީޒް ކޭކްއެއް ހަދާލަނީ މިގޮތަށް!

އޮއިޝީގެ ބަދިގޭގައި "ރިހަފަތް" ޕްރޮގްރާމުގައި މިއަދު ހަދާލާނީ ފްލަފީ ޖަޕަނީޒް ޗީޒް ކޭކް އެކެވެ. މިއީ ޖަޕަނީޒް ސްޓައިލަކަށް ތައްޔާރު ކުރާ މީރު ކޭކެކެވެ. ޗީޒް ކޭކަށް ލޯބި ކުރާ ފަރާތްތަކަށް މިއީ އެންމެ ރަނގަޅު ޑިޝް އެވެ.

ބޭނުންވާ ތަކެތި

އެންކާ މިލްކް
އެންކާ ކްރީމް ޗީޒް
އެގް ޔޯކް
ކޯން ސްޓާޗް
ފުށް
ބަޓަރު
އެގް ވައިޓް
ހަކުރު
ކިރު
ޗީޒް

ތައްޔާރު ކުރާނެ ގޮތް

ތަވާ ހޫނުކޮށްލާފައި 100 ގްރާމްގެ ބަޓަރާއި ޗީޒް އަދި 130 މިލިލީޓަރުގެ ކިރު އަޅާލާށެވެ. އެއަށް ފަހު ހުދު ކުލަ އަަރަންދެއް ގަށާލާށެވެ. ދެން ވަކި ތައްޓަކަށް އެގް ޔޯކް އަޅާލުމަށް ފަހު ތަވާގައި ހުރި އެއްޗެހި އެއަށް އޮއްސާލާށެވެ. އަނެއްކާ ވެސް ރަނގަޅަށް ގިރާލުމަށް ފަހު ފުށްކޮޅެއް އަޅާލާނީ އެވެ. ދެން އޭގެ ތެރެއަށް އަޅާނީ ކޯން ސްޓާޗް އެވެ. ދެން ކޭކް މިކްސަަރަކުން ރަނގަޅަށް ގިރާލާނީ އެވެ.

ދެން އެހެން ތައްޓަކަށް އެގް ވައިޓް އަޅާލާ ހުދު ކުލައަށް ބަދަލުވާ ވަރަށް ކޭކް މިކްސްރުން ގިރާލާނީ އެވެ. އަދި އޭގެ ތެރެއަށް ހަކުރު އަޅާނީ އެވެ. އޭރުން ހުންނާނީ ކްރީމް ގަނޑަކަށް ބަދަލުވެފަ އެވެ. ދެން އެ ކްރީމްގަނޑާ އެއްކޮށް ކުރިން ހަދާފައި ހުރި މިކްސްގަނޑު އެއްކޮށްލާނީ އެވެ. އަދި 160 ޑިގްރީގައި 25 މިނެޓު ވަންދެއް ފިހެލާށެވެ. ދެން ކޮށާލާފައި ތައްޓަށް ލާނީ އެވެ.