ރޯދަ މަހާ ރޯއްޖާ

ރޯދަ ވީއްލަން ޕިއްޒާ ކަޕްކޭކް ހަދާބަލަ؟ ހުސްކޮށްލާނެ!

"ރިހަފަތު" ގެ މިއަދުގެ ޝްއަކީ ޕިއްޒާ ކަޕްކޭކެވެ. ގިނަ ދިވެހިންނަށް އެންމެ ކަމުދާ ފާސްޓްފުޑަށް ޕިއްޒާވެފައި އޮންނަ އިރު ރޯދަ ވީއްލާ ގަޑިއަށް ގޭގެ ބަދިގޭގައި މަދު ތަކެތިކޮޅެއް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ގޮތް އަވަސް އިން މިއަދު ދައްކާލާނެ އެވެ. މި ޑިޝްއަކީ އޮއިޝީގެ ޝެފް، ފާތިމަތު ލަމްހާގެ އަމިއްލަ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި

ބަޓަރު
ޕިއްޒާ ފުއްގަނޑު
ޗިލީ އެންޑް ގާލިކް ސޯސް
ޗިކަން ބްރެސްޓް
ފިޔާ
ލޮނުމެދު
ޕީލްޑް ޓޮމާޓޯ ދަޅު
މޮޒޮރެއްލާ ޗީޒް
ޕާސްލޭ

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ އަވަން 200 ޑިގްރީ ސެލްސިއަސް ހޫނު ކުރަން ޖައްސަށެވެ. އެއަށް ފަހު ކަޕްކޭކް ޓްރޭގައި ބަޓަރު ލާށެވެ. އަދި ޕިއްޒާ ފުއްގަނޑު ކޮށާފައި ކަޕްކޭކް ޓްރޭއަށް ވަކިވަކިން ލާށެވެ. އަދި އަވަނުގައި 10 މިނޭޓުވަންދެއް ފިހެލާށެވެ.

ދެން ތަވާގައި ބަޓަރު އަަޅާފައި ލޮނުމެދު އަޅާށެވެ. އަދި އިރުކޮޅަކު މަޑުކޮށްލުމަށސް ފަހު ދެން ފިޔާއަޅާށެވެ. ދެން ޓޮމާޓޯ ކޮށާލާފައި ޕާސްލޭ ކޮށާލާފައި ތަވައަށް އަޅާލާށެވެ. އަދި ކޮށާފައި ހުރި ޗިކަން ބްރެސްޓް ވެސް އަޅާލުމަށް ފަހު ރަނގަޅަށް ކެކެންދެއް މަޑުކޮށްލާށެވެ.

ނިންމާލަމުން ޕިއްޒާ ފުށްގަނޑުލާފައި ހުރި ކަޕްކޭކް ތެރެއަށް ޓޮމާޓޯ ޕާސްލޭއަ ކުކުޅު އަޅާ އޭގެ މައްޗައް މޮޒޮރެއްލާ ޗީޒް އަޅާށެވެ. ދެން އަވވަނަށްލާ 200 ޑިގްރީ ސެލްސިއަސްގައި 10 މިނެޓުވަންދެއް ފިހެލާށެވެ.