ރޯދަ މަސް

ރޯދައަށް މާލޭގެ މިސްކިތްތައް ސާފު ކުރަން ފަށައިފި

May 12, 2018
1

ރޯދަ މަހަށް އަމާޒުކޮށް އިސްލާމިކް މިނިސްޓްރި އާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބައެއް އަމިއްލަ ކުންފުނިތައް ގުޅިގެން މާލޭގެ ބައެއް މިސްކިތްތައް ސާފުކުރުމުގެ ހަރާކާތެއް ފަށައިފި އެވެ.

މިސްކިތްތައް ސާފުކުރުމުގެ މި ހަރަކާތް ފެށީ މިއަދު ހެނދުނު މާލޭގެ މިސްކިތްތަކުގަ އެވެ.

މިނިސްޓްރީން ބުނީ މި ހަރަކާތުގައި މާލޭގެ ގިނަ މިސްކިތްތަކެއް ސާފުކުރާނެ ކަމަށާއި އަމަލީގޮތުން ބައިވެރިވާ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުން މިއަދު ހެނދުނު ފުރަމަ މަސައްކަތް ފަށާނީ ބަންޑާރަ މިސްކިތް ކައިރިން ކަމަށެވެ.

މިސްކިތްތައް ސާފުކުރުމުގެ މި ޕްރޮގްރާމުގައި އަމަލީގޮތުން ބައިވެރިވާ ކުންފުނިތަކަކީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، ފެނަކައާއި، އެމްޓީސީސީއާއި، އެމްޑަބްލިއުއެސްސީއާއި، ސްޓެލްކޯއާއި، ޙައްޖު ކޯޕަރޭޝަނާއި، އެސްޓީއޯއާއި، ވެމްކޯ ގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މަސްޖިދުއްސުލްތޯން މުހައްމަދު އިމާދުއްދީނާއި، މަސްޖިދުއްސުލްތޯން މުހައްމަދު ޝަމްސުއްދީނާއި، މާފަންނު އާމިސްކިތް ސާފުކުރާނެ އެވެ. ފެނަކައިން މާފަންނު ވަގުތީ މިސްކިތާއި، ޢީދު މިސްކިތާއި، ދަރުމަވަންތަ މިސްކިތް ސާފުކުރާނެ އެވެ.

އެމްޓީސީސީން މަސްޖިދުއްނޫރާއި، މަސްޖިދުއްޝަހީދު އަލީ އާއި، މަސްޖިދު އިބްރާހީމެވެ. އެމްޑަބްލިއުއެސްސީން މަސްޖިދު ޖަލާލުއްދީނާއި، މަސްޖިދުއްތައާވުނާއި، މަސްޖިދު ޔޫސުފް ބަރުބަރީ ސާފުކުރާއިރު، ސްޓެލްކޯއިން ސާފުކުރާނީ، މަސްޖިދުލްފުރުގާނާއި، މަސްޖިދުއްސުލްތޯން އާދިލާއި، މަސްޖިދު ޞަލާހުއްދީނެވެ.

މަސްޖިދުއްސުލްތޯން މުޙައްމަދު ފަރީދުލްއައްވަލާއި، މަސްޖިދު ޢަފީފުއްދީން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޙައްޖު ކޯޕަރޭޝަނުންނެވެ. އެސްޓީއޯއިން މަސްޖިދުއްސުލްޠޯން ޙަސަން އިއްޒުއްދީން ސާފުކުރާއިރު، މޯލްޑިވްސް އިސްލާމިކް ބޭންކުން ހުކުރު މިސްކިތް ސާފުކުރާނެ އެވެ. ކުންފުނިތަކުން މިސްކިތްތައް ސާފުކުރާއިރު ހުރިހާ މިސްކިތެއްގެ ކުނި އުކާލުމުގެ ބައި ކުރިއަށް ގެންދާނީ ވެމްކޯއިންނެވެ.