ހަބަރު

އަންނަ އާދީއްތަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަންނާނެ

May 16, 2018
3
ޒަކާތް ބަލައިގަންނަ މޭޒެއް: އަންނަ އާދީއްތަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަންނާނެ -- އަވަސް ފައިލް ފޮޓޯ
0%
0%
0%

މި އަހަރުގެ ފިތުރު ޒަކާތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފި އެވެ. އެ މިނިސްޓްރީއިން ވަނީ މި އަހަރުގެ ފިތުރު ޒަކާތް މާލެއާއި އަތޮޅުތަކުގައި ބަލައިގަންނަ ވަގުތަކާއި ޒަކާތް ބަލައިގަންނަ ތަންތަނާއި، ޒަކާތުގެގޮތުގައި ދައްކަންޖެހޭ މިންވަރު ވެސް އާންމުކޮށް އިއުލާންކޮށްފަ އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ ރަށު ކައުންސިލަށެވެ. މާލޭގައި އިސްލާމީ މަރުކަޒާއި، ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރާއި ހައުސިން މިނިސްޓްރީގެ ވިލިމާލެ ޔުނިޓުންނެވެ. އައްޑު އާއި ފުވައްމުލަކާއި، ގދ. ތިނަދޫގައި ޒަކާތް ބަލައިގަންނާނީ މިނިސްޓްރީއިން ކަނޑައަޅާފައިވާ ތަންތަނުންނެވެ.

ފިތުރުޒަކާތިގެ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު ޢާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ ހަނޑުލަށްޖެހޭ މިންވަރަށެވެ. މާލޭގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13ރ. އެވެ. ތައިލެންޑް ހަނޑުލުންނަމަ 43ރ. އެވެ. ބާސްމަތީ ހަނަޑުލުންނަމަ 81 ރ. އެވެ.

ރަށްރަށުގައު ޒަކާތް ދައްކަން ޖެހޭނީ އެ ސަރަޙައްދެއްގައި ހަނޫ ވިއްކާ އަގުތަކުގެ މިންވަރަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345