ހަބަރު

ހުޅުމާލެ ސެންޓްރޯ މޯލްގެ ބިޑްތައް ކާމިޔާބުކުރި ފަރާތްތަކާއެކު ސޮއިކޮށްފި

ގިނަ އަދަދެއްގެ ފިހާރަތައް ހިމަނައިގެން ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ހުޅުމާލޭގައި ބިނާކުރާ ފުރަތަމަ މިނީ މޯލް، "ސެންޓްރޯ" ގެ ބިޑްތައް ކާމިޔާބު ކުރި ފަރާތްތަކާއެކު ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކޮށްފި އެވެ.

އެޗްޑީސީއާއެކު ރޭ 17 ފަރާތަކުން ރޭ ވަނީ ސޮއިކޮށްފަ އެވެ. އެފަރާތްތަކަކީ ސެންޓްރޯ މޯލްގައި ވިޔަފާރި ހިންގާނެ ފަރާތްތަކެވެ. އެ ފަރާތްތަކުން ރޭ ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އެޗްޑީސީން މީގެ ކުރިންވެސް ވަނީ އެ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ. ރޭ އެޗްޑީސީގައި އޮތް ރަސްމިއްޔާތެއްގައި ބިޑް ކާމިޔާބުކުރި ފަރާތްތަކާއެކު އެއްބަސްވުންތަކުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަހުމަދު ސައިމަން އެވެ.

ހުޅުމާލެ ސެންޓްރޯ މޯލް އަކީ އަންނަ ޖުލައި މަހު ހުޅުވުމަށް އެޗްޑީސީން ތައްޔާރުކުރަމުންދާ ތަނެކެވެ. ސެންޓްރޯ މޯލްއާ ބެހޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައިމަން ވިދާޅުވީ، މިނީ މޯލްގެ ޔުނިޓްތައް މިހާރު އެކި ފަރާތްތަކަށް ދީ ނިމިފައިވާތީ ކުރިއަށް އޮތް ދެ މަހެއްހައި ދުވަހުގެ ތެރޭގައި އެފަރާތްތަކުން އެ ފިހާރަތައް ތައްޔާރުކޮށް ނިންމާނެ ކަމަށެވެ. ފިހާރަތައް ތައްޔާރުވެ ނިމުނުހާ އަވަހަށް ހިދުމަތްދޭން ފަށާނެ ކަމަށެވެ.

ބިޑް ކާމިޔާބުކުރި ފަރާތްތައް

އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް - ފާމަސީ
ކިއޮސްކް ބީ (ގިފްޓް ޝޮޕް) - އައިޝަތު ސޯލިހް
އެލްޓިޓިއުޑް ޕްރައިވެޓް ލިމިޓެޑް - ޕޭސްޓްރީ ޝޮޕް
ކިއޮސްކް އީ - އާރިފާ އިބްރާހިމް - އަންނައުނާއި އެބާވަތުގެ އެކި ސާމާނު
ކިއޮސްކް އައި - އައްސަދު މުސްތަފާ - ގެއަށް ބޭނުންވާ ތަކެތި
ސެންޓްރޯ ފައިން ޑައިން ރެސްޓޯރެންޓް - ސިލްވަ ސްޕޫން ޕްރައިވެޓް ލިމިޓެޑް
ޓެކްސްޓައިލް ޝޮޕް - މުހައްމަދު އަހުމަދު އަބްދުﷲ
ފެންޓަސީ ސުޕަމާކެޓް
ކިއޮސްކް ޖީ - ހަސަން ޒާހިރް - ޕާފިއުމް
ކިއޮސްކް ޑީ - ހުސައިން ވަހީދު - ގިފްޓް ޝޮޕް
ކިއޮސްކް އެޗް - ހުސައިން ޒާހިރް - މޮބައިލް ފޯނާއި އިލެކްޓްރޯނިކްސް
މުހައްމަދު އާރިފް - ގާމެންޓް އަދި ކޮސްމެޓިކްސް
ރީޑާސް ބުކް ޝޮޕް
ޝެރީ ޕްރައިވެޓް ލިމިޓެޑް - ސެލޫން
އޮބްލިގް ޕްރައިވެޓް ލިމިޓެޑް - ފޭސް ޝޮޕް
ކިއޮސްކް އެފް - ޒުލައިހާ ނިޒާރު - މޮބައިލް އެންޑް އިލެކްޓްރޯނިކްސް
ޕްލާޒާ އެންޓަޕްރައިސަސް

ތިން ބުރީގެ އެ މޯލްގެ ގްރައުންޑް ފްލޯގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗެއް ވެސް ވަނީ ދާދިފަހުން ހުޅުވާލާފަ އެވެ.