މޯލްޑިވްސް ޕޮލިސް ސާވިސް

ހިދުމަތް އަވަސްކުރަން ފުލުހުންގެ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް

މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިންގުން އިތުރަށް ހަރުދަނާކޮށް ހިދުމަތް އަވަސްކޮށް އަދި ފުރިހަމައަށް ދިނުމަށް އެ ސާވިސްގެ ހިންގުމުގެ އޮނިގަނޑަށް ބައެއް ބަދަލު ގެނެސްފި އެވެ.

މިއަދު ގެނައި ބަދަލަކީ ފުލުހުންގެ މުއައްސަސާއިން ދެމުންދާ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ހަރުދަނާކޮށް އަވަސްކަމާއެކު ހިދުމަތް ފޯރުކޮށްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާހައުލެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ގެންދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ގެންނެވި ބަދަލެއް ކަމަށް ފުލުހުން ބުންޏެވެ.

އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސްފައި މިވަނީ އެގްޒެކެޓިވް ބޯޑުގައި މަޝްވަރާކޮށް އެގްޒެކެޓިވް ބޯޑުގެ ލަފާގެ މަތިން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް އެވެ.

ދާރީ އޮނިގަނޑަށް މިއަދު ގެނައި ބަދަލުތައް

އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓްޑީޒް އަކީ ސާވިސަސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސައި ސާވިސަސް ޑިވެލޮޕްމެންޓް ޑައިރެކްޓްރޭޓުގެ ދަށުން ހިނގާ ޑިޕާޓްމަންޓެއްގެ ގޮތުގައި ޕޮލިސް އެކަޑެމީ ހަމަޖެއްސުން ހިމެނެ އެވެ.

ޑިވިޒަނަލް އޮޕަރޭޝަންސް ކޮމާންޑު ދެ ބަޔަކަށް ބަހާލައި ނޮދަން އޮޕަރޭޝަންސް ކޮމާންޑް އަދި ސަދަން އޮޕަރޭޝަންސް ކޮމާންޑް އުފެއްދުމާއި ނޮދަން އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން އަޕަ ނޯތު ޕޮލިސް ޑިވިޒަނާއި ނޯތު ޕޮލިސް ޑިވިޒަން އަދި ނޯތު ސެންޓްރަލް ޕޮލިސް ޑިވިޒަން ހިންގާ ގޮތަށް ހަމަޖައްސައި ސަދަން އޮޕަރޭޝަންސް ކޮމާންޑްގެ ދަށުން ސެންޓްރަލް ޕޮލިސް ޑިވިޒަނާއ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޒަން އަދި އަޕަ ސައުތު ޕޮލިސް ޑިވިޒަނާއި ސައުތު ޕޮލިސް ޑިވިޒަން ހިންގާ ގޮތަށް ހަމަޖެއްސުމެވެ.

މީގެ އިތުރުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގާ ޑިޕާޓްމަންޓެއްގެ ގޮތުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް ހަމަޖައްސައި އިންޑަސްޓްރިއަލް ޑިޕާޓްމަންޓުގެ ނަމުގައި އައު ޑިޕާޓްމަންޓެއް އުފެއްދުން ހިމެނޭ އިރު އިންޓަ ގެރޭޓެޑް ސާވިސަސް ކޮމާންޑުގެ ނަމުގައި ކޮމާންޑެއް އުފައްދަވައި އެކޮމާންޑުގެ ދަށުން ހިނގާ ޑިޕާޓްމަންޓް ތަކުގެ ގޮތުގައި ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ޑިޕާޓްމަންޓާއި ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރު ހަމަޖެއްސުން ވެސް ހިމެނެ އެވެ،

މިއަދު ގެންނެވި ބަދަލާއެކު އެކިއެކި ޑައިރެކްޓްރޭޓް ތަކާއި ކޮމާންޑްތައް ހިންގަވަން ތިއްބެވި އިސް އޮފިސަރުންނަށްވެސް ވަނީ ބަދަލު ގެންނަވާފައެވެ. މިގޮތުން ގެންނެވި ބަދަލުތައް ތިރީގައި އެވަނީއެވެ.

  • ހެޑް އޮފް ނޮދަން އޮޕަރޭޝަންސް ކޮމާންޑް – އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ރަޝީދު
  • ޑެޕިއުޓީ ހެޑް އޮފް ނޮދަން އޮޕަރޭޝަންސް ކޮމާންޑް – ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް
  • ހެޑް އޮފް ސަދަން އޮޕަރޭޝަންސް ކޮމާންޑް – އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް
  • ޑެޕިއުޓީ ހެޑް އޮފް ސަދަން އޮޕަރޭޝަންސް ކޮމާންޑް – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް
  • ހެޑް އޮފް އިންޓަރގްރޭޓަޑް ސަރވިސަސް ކޮމާންޑް – އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު
  • ޑެޕިއުޓީ ހެޑް އޮފް އިންޓަރގްރޭޓަޑް ސަރވިސަސް ކޮމާންޑް – ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު
  • ހެޑް އޮފް ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓް – އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން
  • ހެޑް އޮފް ސަރވިސަސް ޑިވެލޮޕްމަންޓް ޑައިރެކްޓަރޭޓް – އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
  • ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު
  • ޑެޕިއުޓީ ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް – ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު
  • ޑެޕިއުޓީ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޟް