ހަބަރު

ޓްރިވެންޑްރަމްގައި ފެންބޮޑުވުމުން ހާލުޖެހުނު ދިވެހި އާއިލާއަކަށް އެހީވެއްޖެ

May 20, 2016
1

މި ސަރަހައްދުގެ ގައުމުތަކަށް މި ދުވަސްވަރު ކުރާ ވިއްސާރާގައި އިންޑިޔާގެ ޓުރެވިންޑްރަމްގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވާއިރު ޓްރެވިންޑްރަމްގައި ދިވެހިން ދިރިއުޅޭ ބައެއް ހިސާބުތަކުގައި ފެން ބޮޑުވެ ހާލުގައި ޖެހުނު ދިވެހި އާއިލާއެއް ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފި އެވެ.

ރާއްޖޭގެ ކޮންސިއުލޭޓުން ކޮންސުލް އަލީ އާދަމް ޓްވީޓާ އާއި ފޭސްބްކު މެދުވެރިކޮށް ވިދާޅުވީ ދިވެހިން ދިރިއުޅޭ ހިސާބެއްގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާތީ ދިވެހި އާއިލާތަކަށް އެހީވަމުން އަންނަ ކަމަށެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވާ އާއިލާ ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށް އެހީތެރިވެދީފައިވާ ކަމަށެވެ.

ފެން ބޮޑުވުމުގެ ސަބަބުން ދިވެހި އާއިލާއަކަށް ދައްޗާ ކުރިމަތި ވިނަމަވެސް އިތުރު ތަފުސީލަތަކެއް އަދި ނެތެވެ.

ފޮރިން މިނިސްޓްރީން ބުނީ ޓުރިވެންޑްރަމްގެ ބައެއް ހިސާބުތަކުގައި ބޯކޮށް ވިއްސާރަވެހި ފެންބޮޑުވެފައިވާތީ އެއްވެް ކަމެއްގައި ދިވެހި އާއިލާއަކުން އެހީތެރިކަން ބޭނުންވާނަމަ ކޮންސިއުލޭޓްގެ 919847702554+ އަށް ގުޅަން އެދޭ ކަމަށެވެ.