މާލޭ ސިޓީ

200 ޕިކަޕް ޑްރައިވައިރުންނަށް ކްލާސްތަކެއް ފަށައިފި

May 20, 2016

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކޮށް މަގުމަތީގެ ރައްކާތެރިކަން ދަމަހައްޓަން ޕިކަޕް ޑްރައިވަރުންނަށް ހާއްސަ މާލޭގައި ފަށައިފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުން ފެށި މި ކްލާސްތަކުގައި އެއްގަމުދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް، ޕިކަޕް ޑްރައިވަރުން އަހުލުވެރި ކުރުވައި ޑްރައިވަރުންގެ ސުވާލުތަކަށް ޖަވާބުދީ މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ޕިކަޕް ޑްރައިވަރުންނަށް ކޮށްދެވިދާނެ ކަންކަމާމެދު މަޝްވަރާކުރާނެ އެވެ.

މިދިއަ އަންގާރަ ދުވަހު ފެށި މި ކްލާސްތައް އަންނަ އަންގާރައަށް ދެމިގެންދާއިރު 200 ޕިކަޕް ޑްރައިވަރުން ބައިވެރިވެ އެވެ. މިއިން ކޮންމެ ޑްރައިވަރަކު ވެސް އެއްދުވަހުގެ ކުލާސްތަކުގައި ބައިވެރިވާންޖެހެ އެވެ.

މާލެސިޓީ ސަރަޙައްދުގައި ހިދުމަތްދޭ ޕިކަޕް ސެންޓަރުތަކުގެ އެހީތެރިކަމާއިއެކު ފެށި މި ކްލާސްތަކުގައި މާލޭސިޓީގައި ޕިކަޕްގެ ޚިދުމަތްދޭ ފަރާތްތަކުން ބައިވެރިވާއިރު ފުލުހުން ބުނީ މާލޭގެ ޓްރެފިކް މައްސަލަތައް ޙައްލުކުރެވޭނީ ޑްރައިވަރުންގެ އެހީތެރިކަމާއެކު ކަމަށް ފުލުހުން ވަނީ ފާހަގަ ކޮށްފަ އެވެ.