މޯލްޑިވްސް ޕޮލިސް ސާވިސް

އެމްޕީއެލްގެ ފޭދޫ އޮފީހުން ފައިސާތަކެއް ގެއްލުން މައްސަލައެއް ބަލަނީ

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ އައްޑޫ ސިޓީ ފޭދޫ އޮފީހުން ގިނަ އަދަދެއްގެ ފައިސާތަކެއް ގެއްލުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، އެމްޕީއެލްއިން އިއްޔެ އެ އިދާރާއަށް ހުށަހެޅި މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އޮފީހުން ގިނަ އަދަދެއްގެ ފައިސާ އާއި އެހެން ބައެއް ތަކެތި ވެސް ވަނީ ގެއްލިފަ އެވެ.