ހަބަރު

"އެކެޑަމީ" އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

ދިވެހިބަހާއި ދިވެހި އަދަބިއްޔާތާއި ދިވެހި ތާރީހަށް މަސައްކަތް ކުރާ ފަރާތްތަކާއި، މަސައްކަތްކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ގޮތުން ދޭން ނިންމާފައިވާ "އެކެޑަމީ އިނާމު" އަށް ކުރިމަތިލާން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހި ބަހުގެ އެކަޑަމީން މިމަހު 17 ގައި ކުރި އިއުލާނެއްގައި ބުނީ މި އިނާމު ދެ ދާއިރާއަކުން ދޭން ކަނޑައަޅާފައިވާ ކަމަށެވެ. އެ ދެ ދާއިރާ އަކީ ދިވެހިބަހުގެ ދާއިރާއާއި ދިވެހި އަދަބިއްޔާތުގެ ދާއިރާއާއި ދިވެހި ތާރީހުގެ ދާއިރާ އެވެ. މި އިނާމަށް ވަކިވަކި ފަރުދުންގެ ނަމުގައާއި ޖަމިއްޔާ، ޖަމާއަތްތަކުގެ ނަމުގައި ވެސް ނަން ހުށަހެޅޭނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތުދެ އެވެ.

އެކަޑަމީ އިނާމަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން "އެކެޑަމީ އިނާމަށް ނަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު، "އެކެޑަމީ އިނާމު" ގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީއަށް އެޑްރެސްކޮށް 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި އެކެޑަމީއަށް ހުށަހަޅަން އެއެކަޑަމީން ކުރި އިއުލާނެއްގައި ބުނެ އެވެ.