އެމްއެންޑީއެފް

ގައުމީ ދިފާއީ ބާރަށް ފަސް ރިޔަލު ދޯނި ހޯދަނީ!

May 23, 2016
4

ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ރިޔަލު ދޯނިތަކެއް ހޯދަން އިއުލާންކޮށްފި އެވެ.

އެމްއެންޑީއެފުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގައުމީ ދިފާއީ ބާރަށް ރިޔަލު ދޯނީގެ ފަސް ދޯނި ބޭނުންވާ ކަމަށާއި އެ ކަންކޮށްދޭން އެދޭ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ 11:00 އަށް މި ޑިފެންސް މިނިސްޓްރީއަށް ހާޒިރުވެ މައުލޫމާތު އޮޅުންފިލުވައި އަންނަ މަހުގެ ނުވަނަ ދުވަހުގެ 11:00 އަށް ހާޒިރުވެ އަންދާސީހިސާބު ހުށަހަޅަން އެދޭ ކަމަށެވެ.

ރިޔަލު ދޯނިތަކެއް އެމްއެންޑީއެފަށް ހޯދަނީ ކޮން ބޭނުމެއްގައި ކަމެއް ވެސް އަދި އެއީ ސުވެނިއާގެ ގޮތުގައި ބޭނުން ކުރާ ދޯނި ކަމެއް ވެސް އެމްއެންޑީއެފްގެ އިއުލާންގައި ނުބުނެ އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑް ފްލީޓްގައި ރިޔަލު ދޯންޏެއް ނުހިމެނެ އެވެ.